ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒުގެ GS04/Iu/2016/19 ނަންބަރުގެއިޢުލާނުގައި ދާއިރާ ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އަލުން އިޢުލާން ކުރަމެވެ.
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު: |
2 (ދޭއް) |
މަޤާމުގެ ދާއިރާ: |
އެޑްމިނިސްޓްރޭޝަން |
މަޤާމުގެ ރޭންކް: |
ޖީ. އެސް. 4 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 2 |
މުސާރަ: |
މަހަކު -/5،020 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/1،500 ރުފިޔާ |
ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި ސެކްޝަން: |
ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރާ، ތ. ތިމަރަފުށި - އެޑްމިން / ބަޖެޓް |
މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު / ތަޢުލީމާއި، ތަޖުރިބާތައް: |
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
1- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ. 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ. 3- މަސައްކަތު ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް. |
އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު: |
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖުލައި 3 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު، ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. |
އުޖޫރައާއި ޢިނާޔަތްތައް: |
ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވެނޭއެވެ. |
ޗުއްޓީ: |
ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ލިބޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ތ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3- ވަޒީފާއަށް އެދޭ ފަރާތަކަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށްފައިވާ) ކޮޕީ. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ) 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ (ސީވީ ތައްޔާރުކުރަންވާނީ، ވަޒީފާއަށް އެދޭ ފޯމާއެކުގައިވާ ނަމޫނާއާ އެއްގޮތަށެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6780015 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ، [email protected] އަށެވެ. |
18 ރަމަޟާން 1437 |