ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-D8/1/2016/34
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:01
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ މުދާ ގިންތިކުރުމާބެހޭ

އިޢުލާން

ދިވެހިރާއްޖެއިން އެކްސްޕޯޓް އަދި ދިވެހިރާއްޖެއަށް އިމްޕޯޓް ކުރާ މުދާ ގިންތި ކުރުމުގައި ބޭނުންކުރާނީ، ދުނިޔޭގެ ކަސްޓަމްސް ޖަމްޢިއްޔާގެ ހާމަނައިޒްޑް ކޮމޯޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގް ސިސްޓަމް (އެޗް.އެސް) ކަމުގައި ޤާނޫނު ނަންބަރު 31/79 (ރާއްޖޭގެ އެކްސްޕޯޓް/އިމްޕޯޓް ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވެއެވެ. އަދި ކަސްޓަމްސްގެ އާންމު ގަވާއިދުގެ 160 ވަނަ މާއްދާގައި މުދާ ގިންތި ކުރާނީ ދުނިޔޭގެ ކަސްޓަމްސް ޖަމްޢިއްޔާގެ ހާމަނައިޒްޑް ކޮމޯޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގް ސިސްޓަމާ އެއްގޮތްވާގޮތުގެ މަތިން ކަސްޓަމްސްއިން ކަމުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖެއަށް އިމްޕޯޓް ކުރެވޭ ޖޫގޯ ޖޫހާއި ބަނަސް ފަދަ ކާބޯތަކެތި ބަންދުކުރާ ޕްލާސްޓިކް ރޯލް ގިންތި ކުރުމުގައި އޮޅުން އަރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން، މި އައިޓަމްތައް ގިންތި ކުރުމުގައި ބަލާނެ މިންގަނޑު އަދި ގިންތިކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

ޖޫގޯ ޖޫހާއި ބަނަސް ފަދަ ކާބޯތަކެތި ބަންދުކުރާ ޕްލާސްޓިކް ރޯލް (ޕޮލިތީން ފިޔަވައި އެހެނިހެން ޕްލާސްޓިކް)

ޕޮލިތީން ފިޔަވައި އެހެން ބާވަތްތަކުގެ ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ "ޖޫގޯ ޖޫހާއި ބަނަސް ފަދަ ކާބޯތަކެތި ބަންދުކުރާ ޕްލާސްޓިކް ރޯލް" ގިންތި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

މުދަލުގެ ތަފުސީލު

އެޗް.އެސް. ކޯޑް

ޑިއުޓީރޭޓް

ޔުނިޓް އޮފް ކޮންޓިޓީ

SHEET OF OTHER PLASTIC

 3920990012 

20%

SQM

ޖޫގޯ ޖޫހާއި ބަނަސް ފަދަ ކާބޯތަކެތި ބަންދުކުރާ ޕްލާސްޓިކް ރޯލް (ޕޮލިތީން)

ޕޮލިތީނުން ތައްޔާރުކޮށްފައި ހުންނަ "ޖޫގޯ ޖޫހާއި ބަނަސް ފަދަ ކާބޯތަކެތި ބަންދުކުރާ ޕްލާސްޓިކް ރޯލް" ގިންތިި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

މުދަލުގެ ތަފުސީލު

އެޗް.އެސް. ކޯޑް

ޑިއުޓީރޭޓް

ޔުނިޓް އޮފް ކޮންޓިޓީ

SHEETS, PLATES & FOILS OF POLYTHENE

3920101010  

400%

SQM

ވީމާ، މިބާވަތުގެ މުދާ ދިވެހިރާއްޖެއަށް އިމްޕޯޓްކުރެއްވުމަށް ގުޑްސް ޑިކްލަރޭޝަން ފުރިހަމަ ކުރެއްވުމުގައި މަތީގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން ޢަމަލުކުރައްވަމުން ގެންދިޔުމަށް ދެންނެވީމެވެ.

18 ރަމަޟާން 1437

23 ޖޫން 2016