ތިރީގައި މިވާ މަޤާމަށް ދެއަހަރުދުވަހުގެ ކޮންޓުރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު |
އަސާސީ މުސާރަ
|
އަދަދު
|
މަސައްކަތް ކުރަންޖެހޭ ތަން
|
ފާމަސީ އެސިސްޓެންޓް
|
-/3380ރ
|
1
|
އެސް.ޓީ.އޯ ނ.ހޮޅުދޫ ފާމަސީ
|
ފާމަސީ އެސިސްޓެންޓް
|
-/3380ރ
|
1
|
އެސް.ޓީ.އޯ ބ.ތުޅާދޫ ފާމަސީ
|
މަޤާމުގެ މަސްއޫލިއްޔަތު
* ކަސްޓަމަރުންނަށް ތަނުން ލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
* ބިލް ހެދުން
* މުއްދަތު ހަމަވާ ބޭސްތައް ޗެކްކުރުންް
* ރެކްތަކުގައި ބޭސް އެތުރުން
* ކްރެޑިޓް ބިލް ޗެކްކުރުން
* އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން
ތަޢުލީމާއި ތަޖުރިބާ
* ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން
އެހެނިހެން ޢިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި -/1500ރ އާއި -/2450 ރުފިޔާއާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަމަޖައްސައިދެވޭނެއެވެ.
- އިތުރުގަޑީގައްޔާއި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- މަތީ ތަޢުލީމު ހާސިލު ކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މެޑިކަލް އިންޝުއަރެންސް ހަމަޖައްސައިދެވޭނެއެވެ.
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 28 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
- އެޕްލިކޭޝަންފޯމު، މި ކުންފުނީގެ ހެޑުއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.
ނޯޓް:
- ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
- މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއާއި އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް / ފަރާތެކެވެ.
- މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް
- ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑުއޮފީސް
- ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
- ފޯން: 3344368 / 3344179 ، ފެކުސް: 3344041 ، ވެބްސައިޓު: www.sto.mv
- އީމެއިލް އެޑްރެސް: [email protected]
|