ވަޒީފާގެ ފުރުޞަތު
ނަންބަރު: N-11-C/2016/2
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 30 ޖޫން 2016 14:00
ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

  • މަޤާމު:

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް:

އެލް އެސް 2

  • އަދަދު:

01 ( އެކެއް )

  • މަސައްކަތްކުރަންޖެހޭ ތަން:

ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓްކޯޓް

  • އަސާސީ މުސާރަ:

-/9412 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ)

  • އިތުރުގަޑިއާއި އެހެނިހެން އެލަވަންސް:
  • ސަރވިސް އެލަވަންސް: -/3000 ރުފިޔާ (ތިންހާސް ރުފިޔާ)
  • ލިވިންގ އެލަވަންސް -/2550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 
  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
 
  • އަސާސީ ޝަރުޠު:
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު، ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • މަޤާމުގެ މަސްއޫލިއްޔަތު:
  • ޤާނޫނީ ކަންކަމުގައި ދާއިރާގެ މެޖިސްޓްރޭޓަށް އެހީތެރިވެދިނުން.
  • ދާއިރާގެ މެޖިސްޓްރޭޓުންނަށް ބޭނުންވާ ލީގަލް ރިސަރޗް ހެދުން.
  • ކޯޓުގެ ޝަރުޢީ ލިޔެކިޔުންތައް މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ތައްޔާރުކޮށް ބެލެހެއްޓުން.
  •  ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:
  • ލިބިފައިވާ ތައުލީމާއި ތަޖުރިބާ
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތު ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:
  • މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ކޯޓުގައި ނުވަތަ މިކޯޓުން ހަމަޖައްސާ ތަނެއްގައެވެ. އަދި އިންޓަރވިއު އޮންނަ ދުވަހާއި އިންޓަރވިއު އޮންނަ ތަން އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް އެންގޭނެއެވެ.
  • މަޤާމަށް އެދެންވީ ގޮތް:
  • މި ވަޒީފާ އަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާނީ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމުންނެވެ. މި ފޯމު މި ކޯޓުންނާއި، ޑިޕާޓްމަންޓް އޮފްޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • ހުށަހަޅަންޖެހޭ ތަކެތި:
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ)
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  • ވަނަވަރު ( ސީ.ވީ )
  • ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ސުންގަޑި:
  • 30 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 14:00
15 ޖޫން 2016