ވަޒީފާގެ ފުރުޞަތު
ނަންބަރު: 368/IUL/2016/23
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 13 ޖުލައި 2016 13:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

                  އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:                          

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:                    

އެމް. އެސް. 2  

މަޤާމުގެ ކްލެސިފިކޭޝަން:              

ސީނިއަރ އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު:              

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

މ. ދިއްގަރު ކައުންސިލްގެ އިދާރާ / ކޯޕަރޭޓް އެފެއާޒް ޔުނިޓް

މުސާރަ:                  

މަހަކު -/6،295 ރުފިޔާ

ސަރވިސް އެލަވަންސް:          

މަހަކު -/2،000 ރުފިޔާ

 

 

 

 

 

ތަޢުލީމާއި ތަޖުރިބާ (މަޤާމުގެ ޝަރުޠު)

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  (މީގެ ތެރޭގައި،  އެކައުންޓިންގ/ ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަންރިސޯސް / ޤާނޫނީ އަދި ޝަރުޢީ ދާއިރާ / ޞިއްޙީ ދާއިރާ / ކިޔަވައިދިނުމުގެ ދާއިރާ) ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް 4  ގެ  ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  (މީގެ ތެރޭގައި،  އެކައުންޓިންގ/ ފައިނޭންސް /ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް / ޤާނޫނީ އަދި ޝަރުޢީ ދާއިރާ / ޞިއްޙީ ދާއިރާ / ކިޔަވައިދިނުމުގެ ދާއިރާ) ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  5  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ  ދާއިރާއެއްގައި  2  އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން  (މީގެ ތެރޭގައި،  އެކައުންޓިންގ/ ފައިނޭންސް /ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަންރިސޯސް / ޤާނޫނީ އަދި ޝަރުޢީ ދާއިރާ / ޞިއްޙީ ދާއިރާ / ކިޔަވައިދިނުމުގެ ދާއިރާ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި، އެކައުންޓިންގ/ ފައިނޭންސް /ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އިންފޮރމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް / ޤާނޫނީ އަދި ޝަރުޢީ ދާއިރާ / ޞިއްޙީ ދާއިރާ / ކިޔަވައިދިނުމުގެ ދާއިރާ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

1. ތިޖޫރީ ބާކީކުރާ ފޮތް ގަވާއިދުން ލިޔެ ބެލެހެއްޓުން.

2. ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ، ކައުންސިލުގެ އަހަރީ ބަޖެޓް، މާލީ ޒިންމާދާރު ވެރިޔާއާއި، ޒިންމާދާރު ވެރިޔާގެ ލަފާގެމަތިން، އޮގަސްޓު 15 ގެ ކުރިން އެކުލަވައިލައި، ކަނޑައެޅިފައިވާ ތާރީޚަށް ތައްޔާރުކޮށް އަތޮޅު ކައުންސިލްގެ އިދާރާއަށާއި، ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.

3. ފައިސާއާބެހޭ މުވައްޒަފުންނާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، މަސައްކަތްތައް ހަލުވިކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.

4. ފައިސާ ނަގަން ހަދަންޖެހޭ ޗެކްތައް ހެދުމާއި، އެކައުންޓްތަކުގެ ބޭންކް ސްޓޭޓްމަންޓް އެކައުންޓްތަކާ ދިމާވޭތޯ މަހަކު އެއްފަހަރު ބަލައި ޗެކްކުރަމުން ގެންދިއުން.

5. ލިބޭ ފައިސާ ދުވަހުން ދުވަހަށް ބަލައިގަނެ ތިޖޫރީއަށް ޖަމާކުރުމާއި، ފައިސާ ދައްކަންޖެހޭ ބިލްތަކަށް ފައިސާ ނެގުމަށް ހުއްދަދޭ ތައްޔާރުކޮށް ފައިސާ ހަވާލުކުރާ ފޮތް ލިޔެ ބެލެހެއްޓުން.

6. އަހަރު ރިޕޯޓަށް ބޭނުންވާ ފައިސާގެ ހިސާބުތައް ތައްޔާރުކޮށް ކަމާބެހޭ ސެކްޝަނާ ހަވާލުކުރުން.

7. ހަވާލުކުރެވިފައިވާ މަސައްކަތްތައް، ދައުލަތުގެ މާލިއްޔަތާބެހޭ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ކުރަމުންގެންދިއުން.

8. އޮފީހުން ކުރަންޖެހޭ ދަތުރުތަކާބެހޭ އެންމެހައި ކަންތައްތައް ކުރުން.

9. ބަދަލުދީގެން ކަނޑަންޖެހޭ ރުއްގަހާއި، އެކިއެކި ބޭނުންތަކަށް ދޫކުރެވޭ ބިންބިމުގައި ހުރި ބަދަލުގެ މައްސަލަތައް ހަމަޖެއްސުމާއި، ރައްޔިތުންގެ ނަމުގައި ހުންނަ ރުއްގަސް ވިއްކުމާއި، ނީލަންކިޔުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

10. އިދާރާގެ މަސައްކަތްތައް ކުރުމުގައި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރަމުން ގެންދިއުން.

11. އިދާރާއިން ރާވައި ހިންގާ އެންމެހައި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

12. ވަޒީފާގެ ބަޔާނުގައި ހިމެނިގެން ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން ދުވަހުން ދުވަހަށް ނުވަތަ ވަކި މުއްދަތަކަށް ނިންމަންޖެހޭ މަސައްކަތެއް އޮވެ ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން އެ މަސައްކަތެއް ނުނިމޭނެކަމަށްވާނަމަ އެ މަސައްކަތާ ގުޅޭ ފުރިހަމަ މަޢުލޫމާތު، ސެކްޝަނުގެ ވެރިޔާއަށްދީ، އެ މަސައްކަތެއް ނިންމުމުގައި ދެވެންއޮތް އެއްބާރުލުމެއް ދިނުން.

 

 

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް ލިބޭނެއެވެ.

2. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ބަންދު ދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.

3. މީގެ އިތުރުންވެސް ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

އިންޓަވިއު ކުރުން:

* މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، ދިއްގަރު ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއު ބާއްވާނެ ދުވަސް (ތާރީޚު) ކުރިމަތިލާ ފަރާތްތަކަށް ފަހުން އަންގާނެއެވެ.

* މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް  އެންޑް  ޑިވެލޮޕްމަންޓް  ކޮމިޓީން  ކަނޑައަޅާ  ކްރައިޓީރިޔާއެއްގެ ދަށުން،  ތަޢުލީމާއި  ތަމްރީނަށް ބަލައި 15 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި، ސުންގަޑި:

2016 ޖުލައި 13 ވަނަ ދުވަހުގެ 13.00 ގެ ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާއަށް.

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

1. ފުރިހަމަކޮށްފައިވާ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ)

3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުމުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

7. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" 

8. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތަކުގެ ކޮޕީ.

ނޯޓު: ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ / ލިޔުންތަކުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.

 

އެހެނިހެން ކަންކަން:

* މި މަޤާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 55 އަހަރު ވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.

* ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ލިޔުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އިދާރާގެ 6720031 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6720031 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

16 ރަމަޟާން 1437

21 ޖޫން 2016