ކުއްޔަށް ދިނުން
ނަންބަރު: GIL/IUL/2016/175
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 05 ޖުލައި 2016 11:00
ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ގުޅިފަޅު ފަޅުގައި އަޅާފައިވާ ފައްތިޔާތައް ކުއްޔަށް ދޫކުރުމާބެހޭ

ފައްތިޔާތައް ކުއްޔަށް ދޫކުރުން

އިޢުލާން

ގުޅިފަޅު ފަޅުގައި އަޅާފައިވާ ފައްތިޔާތައް ކުއްޔަށް ދޫކުރުމާބެހޭ

ގުޅިފަޅު ފަޅުގައި އަޅާފައިވާ ފައްތިޔާތައް ކުއްޔަށް ދިނުމަށް ހުޅުވާލަމެވެ. ދިގު މުއްދަތަށް ނުވަތަ ވަގުތީގޮތުން އުޅަނދުތައް އެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ފައްތިޔާ ކުއްޔަށް ނެންގެވުމާބެހޭ މަޢުލޫމާތު 28 ޖޫން 2016 ވާ އަންގާރަ ދުވަހުގެ 11:00 އިން ފެށިގެން މި ކުންފުނީގެ އޮފީހުން ލިބެން ހުންނާނެއެވެ. މި މަޢުލޫމާތު ކަރުދާހުގައިވާ ލިޔެކިޔުންތަކާއެކު، ފައްތިޔާ ނެގުމަށް ޝައުޤުވެރިވެލައްވާކަން ފާޅުކޮށް ސިޓީއެއް މިކުންފުންޏަށް ހުށަހެޅުއްވުން އެދެމެވެ. ފައްތިޔާ ނެންގެވުމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅާ ލިޔުންތައް ބަލައިގަނެވޭނީ، 5 ޖުލައި 2016 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށެވެ.

މި އިޢުލާނާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3016630 އަށެވެ. އަދި ލިޔުމުން ހުށަހެޅޭ ސުވާލުތައް ފޮނުއްވާނީ [email protected] އަށެވެ. (ރަމަޟާންމަހު އޮފީސް ހުޅުވިފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 14:30 އަށެވެ.)

ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް

ދެވަނަ ފަންގިފިލާ ، ހ.އާގަދަގެ

ބޮޑުތަކުރުފާނު މަގު،

މާލެ

22 ޖޫން 2016