ކުއްޔަށް ދިނުން
ނަންބަރު: (IUL)369-AS/369/2016/21
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 30 ޖޫން 2016 13:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓު ހޮޓާ ކުއްޔަށް ދިނުން

އިޢުލާން

މ.މަޑުއްވަރީ މަސްމާރުކޭޓު ހޮޓާ ކުރިޔަށްއޮތް 5 އަހަރުދުވަހަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކުން 30 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 11 ޖުލައި 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް މ.މަޑުއްވަރީ ކައުންސިލުގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން މިއިދާރާއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރުގައާއި، އަންދާސީހިސާބު ހުށަހަޅަން ވަޑައިގަންނަވާ ފަރާތުގެއާއި، ހުށަހަޅުއްވާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނޫނީ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

މާކްސް ދިނުމުގައި އަންދާސީހިސާބުތައް އިވެލުއޭޓް ކުރާ ކޮމިޓީން ބަލާނެ މިންގަނޑު

  1. ހުށަހެޅޭ އެންމެބޮޑު އަގަށް:          %75
  2. މާލީ ޤާބިލުކަމަށް:              % 15
  3. ފަންނީގޮތުން ޤާބިލުކަން ހުރި މިންވަރަށް:  %5
  4. ތަޖުރިބާއަށް: %5                                            

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

17 ރަމަޟާން 1437

22 ޖޫން 2016