ދިވެހިރާއްޖެ
އިޢުލާން
އޮފީސް އިމާރާތަށް ބައެއް އިތުރުކުރުން
މި ސްކޫލުގެ ނަންބަރު: GS70/2016/12 (01 ޖޫން 2016) ގައި ކުރެވުނު އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މި ސްކޫލުގެ އޮފީސް އިމާރާތާ އިންވެގެން އިރަށް އޮތް ހުސްބިމުގައި '12 ފޫޓު '26 ފޫޓުގެ ބައެއް އޮފީސް އިމާރާތަށް އިތުރުކުރުމަށް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ، ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
29 ޖޫން 2016ވާ (ބުދަ) ދުވަހުގެ 11:00އަށް |
10 ޖުލައި 2016 ވާ (އާދީއްތަ) ދުވަހުގެ 13:00 އަށް |
އަދި ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ ސިޓީތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ސްކޫލުގެ ނަންބަރު 6700804 ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
16 ރަމަޟާން 1437