މަސައްކަތް
ނަންބަރު: (IUL)249-B/249/2016/86
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 27 ޖޫން 2016 12:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަކޯޓު ޤާއިމު ކުރުމާގުޅޭ

އިޢުލާން

ސްޕޯޓްސް އެރީނާ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ނެޓްބޯޅަކޯޓު ޤާއިމުކުރުމާ ގުޅޭ

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މިރަށުގައި ނެޓްބޯޅަކޯޓެއް ތަރައްޤީކުރުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ޖޫން 2016 ވާ ހޯމަ ދުވަހުގެ 12:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުއްވުމުގައި ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ބަލައިގަނެވެން ނެތްވާހަކަ ދަންނަވަމެވެ.

މާކްސް ދެވޭނެ ތަފުސީލު

މާކްސް ދެވޭ ކުރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލަރ

އަގު

%80

ހުށަހެޅިފައިވާ އެންމެކުޑައަގު

އަންދާސީހިސާބު ހުށަހެޅި އެންމެކުޑައަގު / ހުށަހެޅިއަގު %80

މުއްދަތު

15%

މަސައްކަތް ކުރުމުގެ އެންމެ ކުރު މުއްދަތު


އަންދާސީހިސާބުގައި ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު %15

ތަޖުރިބާ

5%

ފަންނީގޮތުން ޤާބިލުކަންހުރި މިންވަރު

މަސައްކަތާ ގުޅޭގޮތުން ހާސިލުކޮށްފައިވާ ކޮންމެ ލިޔުމަކަށް 2.5 ޕޮއިންޓް / ޕޮއިންޓް ދޭނީ ގިނަވެގެން 02 މަސައްކަތަށް

21 ޖޫން 2016