މަސައްކަތް
ނަންބަރު: (IUL)369-AS/369/2016/22
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 28 ޖޫން 2016 13:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މ.މަޑުއްވަރީ މަސްޖިދުއްނަޞްރު މިސްކިތުގެ ޢިމާރާތުގެ ބޭރުގައާއި، ބޭރުފަރާތުގެ ސީލިންގާއި، ވުޟޫކުރާބައިގެ ބޭރުފާރުގައާއި، އެބައިގެ ބޭރުފަރާތު ސީލިންގުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޖޫން 2016 ވާ އަންގާރަ ދުވަހުގެ 13:00އަށް މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 12 ޖުލައި 2016 ވާ އަންގާރަ ދުވަހުގެ 13:00 އަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން މިއިދާރާއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރުގައާއި، އަންދާސީހިސާބު ހުށަހަޅަން ވަޑައިގަންނަވާ ފަރާތުގެއާއި، ހުށަހަޅުއްވާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނޫނީ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

މާކްސް ދިނުމުގައި އަންދާސީހިސާބުތައް އިވެލުއޭޓް ކުރާ ކޮމިޓީން ބަލާނެ މިންގަނޑު

  1. އެންމެ ކުޑައަގަށް:           %75
  2. މަސައްކަތް ނިންމައިދޭނެ އެންމެކުރު މުއްދަތަށް: % 15
  3. ފަންނީގޮތުން ޤާބިލުކަން ހުރި މިންވަރަށް: %5
  4. ތަޖުރިބާއަށް: %5                                            

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

17 ރަމަޟާން 1437

22 ޖޫން 2016