މަސައްކަތް
ނަންބަރު: (IUL)439-CO/439/2016/57
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 27 ޖޫން 2016 11:00
ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑު އަދި ޓްރެކް އެޅުމަށް ޗަކަބިން ހިއްކުން

އިޢުލާން

ފުވައްމުލަކު އުތުރު ދާއިރާގެ ސްޕޯޓްސް އެރީނާ ފުޓްބޯޅަދަނޑު އަދި ޓްރެކް އެޅުމަށް ޗަކަބިން ހިއްކުން

ދަޑިމަގު އަވަށުގައި ތަރައްޤީ ކުރަމުންގެންދާ ފުވައްމުލަކު އުތުރު ދާއިރާގެ ސްޕޯޓްސް އެރީނާގެ ފުޓްބޯޅަދަނޑު އަދި ޓްރެކް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ހިމެނޭ ޗަކަބިން ހިއްކުމަށް މިއިދާރާއިން ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ޖޫން 2016 ވާ ހޯމަ ދުވަހުގެ 11:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ޖުލައި 2016 ވާ ހޯމަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތުގެ މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ދުވަހު ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްސީލު ކުރެއްވޭނީ އެންމެ ފަރާތެކެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީން ދަންނަވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމަށް ފަހުގައެވެ. އަދި މަސައްކަތް ހަވާލުކުރެވޭނީ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހާސިލުކުރާ ފަރާތަށެވެ.

1

ހުށަހަޅާ އަގު

65 ޕޮއިންޓް

2

މުއްދަތު

15 ޕޮއިންޓް

3

ތަޖުރިބާ

10 ޕޮއިންޓް

4

މާލީ ޤާބިލުކަން

05 ޕޮއިންޓް

5

ފަންނީ ޤާބިލުކަން

05 ޕޮއިންޓް

20 ޖޫން 2016