ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2016/40
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 30 ޖޫން 2016 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ޕޮލިޓެކްނިކުގެ މިދަންނަވާ މަޤާމަށް އިޢުލާން ކުރަމެވެ.

މަޤާމު:                               ޑިރެކްޓަރ

ބޭނުންވާ އަދަދު:                          01

ރޭންކް:                               އީ.އެކްސް 1

ކްލެސިފިކޭޝަން:                          އޮފިސަރ ގރ. 2

މުސާރަ:                              މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް:                      މަހަކު -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                       މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި:                              ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :              ކޯޕަރޭޓިވް އެފެއާޒް/ މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- މޯލްޑިވްސް ޕޮލިޓެކްނިކްގެ އިދާރީ ސެކްޝަން ހިންގައި ބެލެހެއްޓުން 

2- މޯލްޑިވްސް ޕޮލިޓެކްނިކްގެ ހިއުމަން ރިސޯސް ސެކްޝަން ހިންގައި ބެލެހެއްޓުން 

3- އޮފީހުގެ މަސައްކަތާއި ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ނަތީޖާ ހާސިލުކުރުން

4- އޮފީހުގެ އިދާރީ މަސައްކަތްތައް އޮފީހަށް ފައިދާވާނެ ގޮތަށް ދުރާލައި ރާވައިހިންގުން

5- ސަރުކާރުގެ މެނިފެސްޓޯގައި ޕޮލިޓެކްނިކުން ކުރުމަށް ކަނޑައަޅާފައިވާ އަޕްޑޭޓްސް ބަލަހައްޓަވައި، އަޕްޑޭޓްސް ފޮނުވަންޖެހޭ އިދާރާތަކަށް ލަސްނުކޮށް ފޮނުވުން.

6- މުވައްޒަފުންގެ މުސާރަ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ލަސްނުކޮށް ދިނުމުގެ އިންތިޒާމު ހަމަޖައްސަވައި، މުސާރަ ކަނޑައެޅިފައިވާ ދުވަހުގެ ކުރިން ދެވޭކަން ކަށަވަރުކުރުން.

7- އޮފީހުން ފޮނުވާ އަދި ލިބޭ ލިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސެވުން.

8- މުވައްޒަފުންގެ ހާޒިރީއާއި ސަލާމާއި ޗުއްޓީ ރިކޯޑުތައް ބަރާބަރަށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސެވުން.

9- އޮފީހުގެ ސްޓޯރ (މުވައްޒަފުންގެ ބޭނުންތަކާއި އޮފީހުގެ ބޭނުމަށް ހޯދޭ ތަކެތި) އަދި އިންވެންޓްރީ ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސެވުން.

10- އިދާރީ އަދި ހިއުމަން ރިސޯސް ސެކްޝަންގެ މުވައްޒަފުންނާ ހަވާލުކުރުމަށާއި މަސައްކަތްތައް ބަރާބަރަށްކުރޭތޯ ބައްލަވައި ދުވަހުން ދުވަހަށް އިރުޝާދުދިނުންް.

11- ޖެމްސް، އީމެއިލް، ޕޯސްޓް އަދި އެހެނިހެން ގޮތްގޮތައް އޮފީހަށް ލިބޭ ސިޓީތަކާއި ލިޔުންތައް ދުވަހުން ދުވަހަށް އެންޓްރީކުރުވާނެ އިންތިޒާމު ހަމަޖައްސަވައި، ދުވަހުން ދުވަހަށް ސެކްޝަންތަކަށް ފޮނުވޭކަން ކަށަވަރުކުރުން.

12- ޙަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުން

13- އަހަރު ރިޕޯޓާއި އެނޫންވެސް ރިޕޯޓުތައް ކަނޑައެޅިފައިވާ ތާރީޚަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމުގެ ކަންތައް ހަމަޖެއްސުން.

14- އޮފީހުގެ މުވައްޒަފުގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ފޯމުތައް ސެކްޝަންތަކާ ގުޅިގެން ފުރުމާއި ޕްރޮމޯޝަން ދިނުމަށްޓަކައި ކުރަންޖެހޭ އިންތިޒާމުތައް ކުރަމުން ގެންދިއުން.

15- މަޤާމާ ގުޅޭގޮތުން ބޭނުންވާ ތަޢުލީމާއި ތަމްރީންތަކުގެ ފުރުޞަތުތައް ފަހިކުރުން.

16- މަޤާމުގެ މަސައްކަތުގެ އިތުރުން ހަވާލުކުރާ ރަސްމީ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.

ތައުލީމީ ފެންވަރު:

  1. ކިޔަވައިދިނުމާ ގުޅުންހުރި ދާއިރާ / މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  2. ކިޔަވައިދިނުމާ ގުޅުންހުރި ދާއިރާ / މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  3. ކިޔަވައިދިނުމާ ގުޅުންހުރި ދާއިރާ / މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ-މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުން.

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނީ 03 ޖުލައިއާއި 14 ޖުލައި 2016 އާ ދެމެދުގެ  ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޓިއޭޓްކޮށްފައިވާ ކޮޕީގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު) މޯލްޑިވްސްޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. 

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން ( 1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ  30 ޖޫން 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން،  މޯލްޑިވްސް ޕޮލިޓެކްނިކުގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.

22 ޖޫން 2016