ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2016/179
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:24
ސުންގަޑި: 30 ޖޫން 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިޔަރ އެޑްމިިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 7,151/26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064/83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ ޝަރުޠު:

 

  1. އެމް.ކިޔޫ.އޭ ލެވެލް 7/8 ގެ ސެޓުފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން، ނުވަތަ،

  2. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 5 ގެ ސެޓުފިކެޓަކަށްފަހު 2 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،

  3. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 4 ގެ ސެޓުފިކެޓަށްފަހު 5 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސެކްރެޓޭރިއޭޓަށް އަންނަ ލިޔެކިޔުންތައް އެންޓްރީއިން ނަގައި ޗާންސެލަރުންގެ ލަފަޔާ އެއްގޮތަށް ޖަވާބު ތައްޔާރުކޮށް، ސިޓީ/ ނޯޓު/ ލިޔުން އެފަރާތްތަކާއި ހަވާލުވެއްޖެތޯ ބެލުން އަދި އެފަދަ ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުން.

  2. ޗާންސެލަރގެ އެޕޮއިންޓްމަންޓުތައް ބަލަހައްޓައި އަދި ބައްދަލުވުންތައް އިންތިޒާމުކުރުން.

  3. ޗާންސެލަރުން ރާއްޖެއިން ބޭރަށް ފުރާނަމަ އެ ދަތުރަކާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ސެކްޝަންތަކާ ގުޅައިގެން ހަމަޖެއްސުން.

  4. ސެކްރެޓޭރިއޭޓުން ފޮނުވަން ޖެހޭ ލިޔެކިޔުންތަކާއި ފޮތްފޮތާއި ޗާޕުކުރާ ތަކެތީގެ ކަންތައްތައް ޗާންސެލަރުންގެ ލަފާގެ މަތިން ކުރުން.

  5. ސެކްރެޓޭރިއޭޓުން ބަލަހައްޓާ ކޮމިޓީ/ ޖަލްސާތަކުގެ ތެރެއިން ޙަވާލުކުރެވޭ ކޮމިޓީ/ ޖަލްސާތަކުގެ އެންމެހައި ކަންތައްތައް އިންތިޒާމުކުރުމާއި އެފަދަ ކޮމިޓީ/ ޖަލްސާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ގަވާއިދުން ލިޔެ އެކަމާ ގުޅޭ ލިޔެކިޔުންތަކުގެ ރިކޯޑު ރައްކާތެރިކޮށް ބެލެހެއްޓުން

  6. ސެކްރެޓޭރިއޭޓުން ބަލަހައްޓައި ހަވާލުކުރެވޭ ކޮމިޓީ/ ޖަލްސާ/ ބައްދަލުވުންތަކުން ނިންމާ ނިންމުންތަކާއި، އެ ނިންމުންތަކާ ގުޅިގެން އަންގަންޖެހޭ އެންގުންތައް ކަމާބެހޭ ފަރާތްތަކަށް  އެންގުން.

  7. ފެކަލްޓީ ސެންޓަރުތަކުން ހޯދަންޖެހޭ މަޢުލޫމާތާއި ތަފާސްހިސާބުތައް ހޯދައި ބެލެހެއްޓުން.

  8. ޗާންސެލަރުންގެ އިރުޝާދުގެ ދަށުން އެކަޑަމިކް ޕޮލިސީތައް ރިސާޗްކޮށް ޑްރާފްޓްކުރުން.

  9. އެކަޑެމިކް އެފެއާޒްއާ އެމް.ކިޔޫ.އޭ.އާ ދެމެދު ކުރަންޖެހޭ ކަންތައްތަކާގުޅޭ މަސައްކަތައްކުރުން.

  10. ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާން ބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.

  11. އެކެޑެމިކް އެފެއާޒްގެ މެންޑޭޓާއި އޮޕަރޭޝަނަލް ޕްލޭން ގަވާއިދުން ތަންފީޒުކުރުމުގައި ޔުނިވަރސިޓީއާ ބޭރުގެ ކަމާބެހޭ ފަރާތްތަކުން ފުރިހަމަކުރުވަންޖެހޭ އެންމެހައި ކަންތައް ޗާންސެލަރުގެ އިރުޝާދުގެ ދަށުން ބެލެހެއްޓުމާއި އަޕްޑޭޓް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ލިބެން ހުންނާނެއެވެ.

http://mnu.edu.mv/images/downloads/Job%20Application.pdf

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.

  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:   

2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.

  • އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޮނުއްވާނެ އީމެއިލްއަކީ [email protected] އެވެ.

 

21 ޖޫން 2016