ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)457-AIT/1/2016/10
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:14
ސުންގަޑި: 27 ޖޫން 2016 10:30
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެންޓިވައިރަސް ސޮލިއުޝަނެއް ހޯދުމަށް

އިޢުލާން

އެންޓިވައިރަސް ސޮލިއުޝަނެއް ހޯދުމަށް ބޭނުންވެއްޖެ:

މި ބިއުރޯއަށް ބޭނުންވާ އެންޓިވައިރަސް ސޮލިއުޝަނެއް ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 27 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި ބިއުރޯ ހިނގަމުންދާ ޢިމާރާތް، ފިނޭންސް ބިލްޑިންގއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި ބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި ބިއުރޯއަށް ހާޒިރުވެ މަޢުލޫމާތު ސާފުކޮށްފައިވާ ފަރާތްތަކަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މި ބިއުރޯގެ ނަންބަރު 3349394، 3349404، 3349405 ފޯނާ ގުޅުއްވުން އެދެމެވެ.

15 ރަމަޟާން 1437

20 ޖޫން 2016