ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 138-PIS1/138/2016/78
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 20 ޖުލައި 2016 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު: ސައިޓް ސުޕަވައިޒަރ

މަޤާމް :ސައިޓް ސުޕަވައިޒަރ
ބޭނުންވާ އަދަދު :1

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ސައިޓް ސުޕަވައިޒަރ (ލޯކަލް) - ކިންގް ސަލްމާން މިސްކިތުގެ ޕްރޮޖެކްޓް

ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ކިންގް ސަލްމާން މިސްކިތު"ގެ މަޝްރޫޢުގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި މިމިނިސްޓްރީގައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓެއް (ޕީ.އެމް.ޔޫ.) ޤާއިމުކުރާތީ، މި ޔުނިޓަށް ސައިޓް ސުޕަވައިޒަރ ގެ މަޤާމަށް މީހަކު ބޭނުންވެއެވެ.

މިމަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 1,000 އެމެރިކާ ޑޮލަރުގެ އުޖޫރައެއް ދެވޭނެއެވެ. މަޤާމުގެ މުއްދަތަކީ 24 މަސްދުވަހެވެ.

ވީމާ، ސައިޓް ސުޕަވައިޒަރެއްގެ މަޤާމުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 20 ވާ ބުދަދުވަހު 14:00 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަޤާމުގައި ކުރަންޖެހޭ މަސައްކަތާގުޅޭ މަޢުލޫމާތު ހިމެނޭ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004300  ފެކްސް:3004301

އީ-މެއިލް: [email protected]    ވެބްސައިޓް: www.housing.gov.mv

15  ރަމަޟާން 1437

20 ޖޫން 2016