ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
މަޤާމް: |
އެޓެންޑެންޓް |
|||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2 |
މަޤާމުގެ ރޭންކް: އެސް. އެސް. 2 |
|
މުސާރަ: |
މަހަކު -/3470 ރުފިޔާ |
|||
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
|||
ޑިވިޜަން: |
ނާލާފުށީ ޞިއްޙީ މަރުކަޒު |
|||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- އެޑްމިޓްކޮށްގެން ނުވަތަ އޮބްޒަވޭޝަނުގައި ބާއްވައިގެން ފަރުވާދޭންޖެހޭ ބަލިމީހުންނަށް ނަރުހުން ޚިދުމަތްދެމުންދާ ވަގުތު ނަރުހުންގެ އިރުޝާދާއެކު ނަރުހުންނަށް އެހީތެރިކަން ފޯރުވައިދިނުން. - ބަލިމީހަކު އެޑްމިޓްކުރަންޖެހޭ ނުވަތަ އޮބްޒަވޭޝަނުގައި ބާއްވަންޖެހޭ ވަގުތުތަކުގައި ސުޕަވައިޒަރ އަންގާ ގޮތެއްގެ މަތިން ޑިއުޓީ ރޯސްޓަރއާ އެއްގޮތަށް ބަލިމީހާގެ ގާތުގައި ޑިއުޓީކުރުމާއި، އޮންކޯލަށް އައުމަށް މަރުކަޒުން އަންގާ ހާލަތްތަކުގައި އެ އަންގާ ގޮތެއްގެ މަތިން ޢަމަލުކުރުން. - ޞިއްޙީ މަރުކަޒުގެ ވެއިޓިންގ އޭރިޔާއާއި، ކްލިނިކަލް އޭރިޔާގައި ހުންނަ ފަރުނީޗަރާއި، މެޝިނަރީއާއި، އެހެނިހެން ތަކެތި ފޮހެ ސާފުކުރުން. - މަރުކަޒަށް ޚިދުމަތް ހޯދުމަށް ބަލިމީހުން ގެންނަވަގުތު ޚިދުމަތަށް ދަތިވާވަރަށް މީހުން ގިނަވިޔަނުދީ ނަރުހުންގެ އިރުޝާދާ އެއްގޮތަށް މީހުންނަށް ނަސޭހަތްތެރިވުން. - މަރުކަޒުގެ އިމާރާތުގެ ކުލިނިކަލް އޭރިޔާތަކުގެ މަކުނުވާ ފޮޅައި ސާފުކުރުމާއި، ސިންކުތަކާއި އަތްދޮންނަ ތަށިތައް ހަޑިވިޔަނުދީ ބެލެހެއްޓުން. - ބޭސްއަޅާ ކޮޓަރި، ވޯޑް، ލޭބަރ ރޫމުގައި ހިފައިގެންގުޅޭ ތަކެތި ނަރުހުންގެ އިރުޝާދާއެކު ދޮވެސާފުކުރުމާއި، ސްޓްރެލައިޒް ކުރަންޖެހޭ ތަކެތި، ނަރުހުންގެ އިރުޝާދާ އެއްގޮތަށް ސްޓްރެލައިޒްކުރުން. - ލޯންޑަރީގެ މަސައްކަތްކުރުމާއި، ބަލިމީހުންނަށް ފަރުވާދިނުމުގައި ބޭނުންކުރާ ތަކެތި ވަގުތުން ވަގުތަށްދޮވެ ނަރުހުންގެ އިރުޝާދާ އެއްގޮތަށް ޑިސްއިންފެކްޓްކޮށް، ޕެކްކުރަންޖެހޭ ތަކެތި ޕެކްކުރުމާއި، ވޯޑުގައި ބެޑްއަޅައި އެމެޖެންސީ ހާލަތްތަކަށް މަރުކަޒު ތައްޔާރުކުރުމުގައި ނަރުހުންނާއި ބައިވެރިވެގެން މަސައްކަތްކުރުން. |
|||
ފެންވަރު ނުވަތަ ޝަރުޠު: |
1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ: 3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން. |
|||
މަޤާމް: |
ވޮޗަރު |
|||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
ރޭންކް: އެސް އެސް 1 |
|
މުސާރަ: |
މަހަކު -/3100 ރުފިޔާ |
|||
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
|||
ޑިވިޜަން: |
ނާލާފުށީ ޞިއްޙީ މަރުކަޒު |
|||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
ޞިއްޙީ މަރުކަޒުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ކަންތައް ބެލެހެއްޓުން. |
|||
ފެންވަރު ނުވަތަ ޝަރުޠު: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން. |
|||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
|
|||
ޢިނާޔަތްތައް: |
|
|||
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|||
ސުންގަޑި: |
2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް. |
|||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ. |
|||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6720010 އެވެ. |
|||
14 ރަމަޟާން 1437 |