ވަޒީފާގެ ފުރުޞަތު
ނަންބަރު: 145-A/2016/54
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 30 ޖޫން 2016 13:00
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ. އެސް. 4

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

ކްރިމިނަލް ކޯޓް

އަސާސީ މުސާރަ:

މަހަކު -/5020 ރުފިޔާ (ފަސްހާސް ވިހިރުފިޔާ)

 

މި މަޤާމަށް ލިބޭ އެލަވަންސް:

  • ސަރވިސް އެލަވަންސް: މަހަކު -/1500 (ފަނަރަސަތޭކަ ރުފިޔާ)
  • ލިވިންގ އެލަވަންސް: މަހަކު -/2700 (ދެހާސް ހަތްސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %40  
  • އިތުރުގަޑީގެ ފައިސާ: ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

 

މަޤާމުގެ އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން [ސީ] ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ލިިބިފައިވުމާއެކު، ޖީ. އެސް. 3 ގެ ރޭންކުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ދާއިރާއަކުން އެޑްވާންސް ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ. އެސް. 3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1- ޝަރީޢަތާ ގުޅޭ ކަންކަމުގައި ހާޒިރުކުރެވޭ ފަރާތްތަކާއި، ޝަރީޢަތާ ގުޅުންހުރި މުޢާމަލާތްތައް ހިންގުން.

2- ޝަރީޢަތުގެ މަޖިލިހުގެ ކަންތައް ބެލެހެއްޓުން.

3- ޝަރީޢަތާބެހޭ އިދާރީ މަސައްކަތްތައް ކުރުން.

4- ރެކޯޑިންގ ބަޔާންތައް ލިޔުން.

5- އިދާރީ އެހެނިހެން މަސައްކަތްތައް.

 

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު (ވަޒީފާއަށް އެދޭފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ www.criminalcourt.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ.

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (ވަޒީފާގައި ހޭދަވި މުއްދަތާއި، މަޤާމުގެ ނަމާއި، ރޭންކާއި، އެޕްރައިޒަލްއަށް ލިބިފައިވާ މާކްސްތަކާއި، މަޤާމުގެ މަސްއޫލިއްޔަތު އެނގޭނެހެން)

ސުންގަޑި:

2016 ޖޫން 30 ވަނަ ދުވަހުގެ 13:00

އިންޓަވިއު:

މި މަޤާމުގެ އިންޓަވިއުއަށް ދަޢުވަތުދެވޭނީ، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެކަންޏެވެ. ޝޯޓްލިސްޓް ކުރެވޭނީ، ތަޢުލީމީ ސެޓުފިކެޓުތަކަށާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 20 ފަރާތެވެ.

15 ރަމަޟާން 1437

20 ޖޫން 2016