ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2013
ޕަބްލިޝްކުރި ގަޑި: 12:24
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހިޖުރީ އަދި މީލާދީ މަސްތަކުގެ ނަންތަކުގެ ރަނގަޅު ގޮތް
މިހާރަކަށް އައިސް ހިޖުރީ އަދި މީލާދީ މަސްމަހުގެ ނަންނަން އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ލިޔަމުން ގެންދާކަން ވަނީ މި އެކެޑަމީއަށް ފާހަގަ ކުރެވިފައެވެ. ތިރީގައި އެ ވަނީ އެ މަސްމަހުގެ ނަންނަން އެއްގޮތަކަށް ލިޔުމަށް ޓަކައި މި އެކެޑަމީން މިހާރު ނިންމައިފައިވާ ގޮތެވެ. ވީމާ، މިއަދުން ފެށިގެން ހިޖުރީ އަދި މީލާދީ މަސްމަހުގެ ނަންނަން ތިރީގައިވާ ތާވަލުގައި ވާގޮތަށް ލިޔަމުން ގެންދިއުމަށް ދެންނެވީމެވެ.
|
ހިޖުރީ މަސްތައް |
މީލާދީ މަސްތައް |
|
މުޙައްރަމް |
ޖަނަވަރީ |
|
ޞަފަރު |
ފެބުރުވަރީ |
|
ރަބީޢުލްއައްވަލް |
މާރިޗު |
|
ރަބީޢުލްއާޚިރު |
އެޕްރީލް |
|
ޖުމާދަލްއޫލާ |
މޭ |
|
ޖުމާދަލްއާޚިރާ |
ޖޫން |
|
ރަޖަބު |
ޖުލައި |
|
ޝަޢުބާން |
އޮގަސްޓު |
|
ރަމަޟާން |
ސެޕްޓެންބަރު |
|
ޝައްވާލް |
އޮކްޓޫބަރު |
|
ޛުލްޤަޢިދާ |
ނޮވެންބަރު |
|
ޛުލްޙިއްޖާ |
ޑިސެންބަރު |
7 ޝައްވާލް 1434
13 އޮގަސްޓް 2013