ޢާންމު މަޢުލޫމާތު
ނަންބަރު: 220-TP/CIR/2016/05
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:16
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
MIRA 205 އާއި MIRA 206 އިޞްލާޙުކުރުން

ސަރކިއުލަރ

ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ހުށަހަޅަންޖެހޭ ޓޫރިޒަމް ދާއިރާ ނޫން އެހެން ދާއިރާތަކުގެ ޖީ.އެސް.ޓީ ބަޔާން (MIRA 205) އާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ބަޔާން (MIRA 206) އަށް ވަނީ ތިރީގައިވާ ބަދަލު ގެނެވިފައެވެ.

  • ޓެކްސް ދައްކާ ފަރާތުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅާއިރު، ބަޔާނުގެ މަތީގައިވާ ގޮޅީގައި ހިމެނޭ އެންމެހައި މަޢުލޫމާތު މިހާރު ފުރިހަމަކުރަން ޖެހޭނެއެވެ. މި ގޮޅީގައިވާ އެއްވެސް މަޢުލޫމާތެއް ފުރިހަމަކޮށްފައިނުވާނަމަ، އެ ބަޔާނެއް މީގެ ފަހުން މީރާއިން ބަލައިނުގަންނާނެއެވެ.

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކުން، މި ސަރކިއުލަރ ނެރޭ ތާރީޚުން ފެށިގެން މީރާއަށް ހުށަހަޅަންވާނީ ޖީ.އެސް.ޓީ ބަޔާނުގެ ވަރޝަން 16.1 އެވެ. އިޞްލާޙުކުރެވިފައިވާ ޖީ.އެސް.ޓީ ބަޔާންތައް (ވަރޝަން 16.1) މީރާގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

20 ޖޫން 2016