މަސައްކަތް
ނަންބަރު: (IUL)266/266/2016/64
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 27 ޖޫން 2016 10:30
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އިދާރާއިން ކުރެވުނު ނަންބަރު: (IUL)266/266/2016/53 (31 މޭ 2016) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ހދ. ކުޅުދުއްފުށީގައި އާންމުކޮށް ބަލަހައްޓަންޖެހޭ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރީކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން – 2016 ޖޫން 27 ވާ ހޯމަ ދުވަހުގެ 10:30

އަންދާސީހިސާބު ހުށަހެޅުން – 2016 ޖުލައި 04 ވާ ހޯމަ ދުވަހުގެ 10:30

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

14 ރަމަޟާން 1437

19 ޖޫން 2016