ތަމްރީނު
ނަންބަރު: (IUL)160-A/1/2016/86
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 30 ޖޫން 2016 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޢަރަބި ބަހުގެ ޑިޕްލޮމާ ކޯސް އަދި ބޮޑެތިމީހުންނަށް ޢަރަބި ދަސްކޮށްދޭ ކޯސް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2016  ވަނަ އަހަރު ދެވަނަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

1- ޢަރަބި ބަހުގެ ޑިޕްލޮމާ ކޯސް

ޝަރުޠު:

1- ޢުމުރުން 16 އަހަރު ފުރިފައިވުން.

2- ގުޅޭ ދާއިރަކުން ލެވެލް 3 ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

3- މަރުކަޒުން ދޭ ޓެސްޓަކާއި އިންޓަރވިއުއިން ފާސްވުން.

2- ބޮޑެތިމީހުނަށް ޢަރަބި ދަސްކޮށްދޭ ކޯސް

ޝަރުޠު:

1- ޢުމުރުން 16 އަހަރު ފުރިފައިވުން.

2- މަރުކަޒުން ދޭ ޓެސްޓަކާއި އިންޓަރވިއުއިން ފާސްވުން.

ވީމާ މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއެކު ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

17 ރަމަޟާން 1437

22 ޖޫން 2016