ވަޒީފާގެ ފުރުޞަތު
ނަންބަރު: IAS/MIS/2016-1194
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 29 ޖޫން 2016 13:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޑްރައިވަރ ޓްރެއިނީ
ބޭނުންވާ އަދަދު :1

ޑްރައިވަރ ޓްރެއިނީ (ޖޮބް ރިފަރެންސް ނަންބަރު J/2016/60)

ކުރަންޖެހޭ މައިގަނޑު މަސައްކަތް: މިކުންފުނިން އަދި ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެއްގަމު ދުއްވާ އުޅަނދު ދުއްވުމާއި އުޅަނދުތަކުގެ ކުދިކުދި މަރާމާތުތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

- ގްރޭޑް 08 ގެ ފެންވަރު ހުރުމާއެކު، އިނގިރޭސި ލިޔެ ކިޔަން އެނގުން.

- މި މަޤާމަށް މީހުން ހޮވުމުގައި އެއްގަމު އުޅަނދު ދުއްވުމުގެ (ވެހިކަލް ދުއްވުމުގެ ކެޓަގަރީން، ބީ0، ބީ1 ،ބީ2 އަދި ސީ1،ސީ2، ސީ1އީ) ލައިސަންސް ލިބިފައިވުން.   

- މި މަޤާމަށް މީހަކު ހޮވުމުގައި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނޭ މީހުންނަށް އިސްކަންދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވިއަން ގްރައުންޑް އޮޕަރޭޝަންސް / އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެެއަރޕޯޓް

މަޤާމް :އެއަރޕޯޓް ސަރވިސަސް އޭޖެންޓް ޓްރެއިނީ
ބޭނުންވާ އަދަދު :1

އެއަރޕޯޓް ސަރވިސަސް އޭޖެންޓް ޓްރެއިނީ (ޖޮބް ރިފަރެންސް ނަންބަރު J/2016/61)

ކުރަންޖެހޭ މައިގަނޑު މަސައްކަތް: ގްރައުންޑް ހޭންޑްލިންގ އޮޕަރޭޝަންއާ ގުޅޭ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ޗެކިންގ ކުރުމާއި ރޭމްޕް ބެލެހެއްޓުމާއި ބެގެޖުތައް އުފުލައި ބެލެހެއްޓުމާއި ލޯޑް ކޮންޓްރޯލް، އެއަރޕޯޓުން ޓިކެޓާ ގުޅޭ މަސައްކަތްކުރުމާއި އަންނަ މީހުންނާއި ފުރާ މީހުންގެ ކަންކަން ބެލެހެއްޓުން.

ތަޢުލީމީ ފެންވަރު: ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން އިނގިރޭސި އަދި ހިސާބު ހިމެނޭގޮތަށް މަދުވެގެން 3 މާއްދާއިން "ސީ" ފާހަށްވުރެ މަތިން ހާސިލުކޮށްފައިވުން

ޝަރުޠުތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

- މީހުންނާ ގުޅިގެން އެކުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން.

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖާއި އެހެނިހެން ކޮމްޕިއުޓަރ އެޕްލިކޭޝަންސް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.

- މި މަޤާމަށް މީހުން ހޮވުމުގައި މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިފާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވިއަން ގްރައުންޑް އޮޕަރޭޝަންސް / އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް

މަޤާމް :ސްޓޯރސް ކޯޑިނޭޓަރ ޓްރެއިނީ
ބޭނުންވާ އަދަދު :1

ސްޓޯރސް ކޯޑިނޭޓަރ ޓްރެއިނީ (ޖޮބް ރިފަރެންސް ނަންބަރު J/2016/62)

ކުރަންޖެހޭ މައިގަނޑު މަސައްކަތް: ސްޓޯރ ބެލެހެއްޓުމުގައި ސްޓޯރ ސުޕަވައިޒަރާއި ވެރިންނަށް އެހީތެރިވެދީ ސްޓޯރުން ދޫކުރަންޖެހޭ އެކިއެކި ބައިތަކާއި ތަކެތި ދޫކުރުމާއި މެއިންޓެނަންސް މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އާލަތްތައް ފޯރުކޮށްދިނުން.

ތަޢުލީމީ ފެންވަރު: ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން އިނގިރޭސި، ހިސާބު އަދި ކޮމްޕިއުޓަރ ސްޓަޑީޒް ނުވަތަ އެކައުންޓިންގ ހިމެނޭ ގޮތަށް މަދުވެގެން 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ހާސިލުކޮށްފައިވުން

ތަޖުރިބާ: އިންވެންޓަރީ ކޮންޓްރޯލް އަދި ސްޓޮރޭޖް އޮފް މެޓީރިއަލާ ގުޅޭ މަސައްކަތް މީގެ ކުރިން ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޝަރުޠުތައް:

- މަސައްކަތަށް ފަރުވާބަހައްޓައި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

- މީހުންނާ ގުޅިގެން އެކުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން.

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖާއި އެހެނިހެން ކޮމްޕިއުޓަރ އެޕްލިކޭޝަންސް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.

- މަސައްކަތުގެ މާހަައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ ޑިޕާޓްމަންޓް / އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް

ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަންފޯމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، 29 ޖޫން 2016 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް

އައިލެންޑް އޭވިއޭޝަން ހެޑްއޮފީސް

މ. ރާވެރިގެ، މަޖީދީމަގު، މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 3331292 ފެކްސް ނަންބަރު: 3314806 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންފޯމު މިކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކުންފުނީގެ ވެބްސައިޓް އެޑްރެހަކީ www.maldivian.aero އެވެ. އަދި މި ވަޒީފާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަދި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންސް ޑިސްކޮލިފައިވާނެވާހަކަ ދެންނެވީމެވެ. އަދި ބަޔާންކުރެވިފައިވާ ވަޒީފާއަށް ގުޅާނީ ހަމައެކަނި ޝޯޓްލިސްޓެޑް ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ. 

17 ރަމަޟާން 1437

22 ޖޫން 2016