ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)B9-SM/2016/06
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 05 ޖުލައި 2016 12:00
ނޮޅިވަރަމު ޞިއްޙީ މަރުކަޒު، ހދ. ނޮޅިވަރަމު
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ޑްރައިވަރ  

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ރޭންކް:

އެސް. އެސް. 2

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ޑިވިޜަން / ސެކްޝަން:

ނޮޅިވަރަމް ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ނޮޅިވަރަމް ޞިއްޙީ މަރުކަޒު / ހދ. ނޮޅިވަރަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މަރުކަޒުގެ އެމްބިއުލާންސްގެ ދަތުރުތައް ކުރުން

ތަޢުލީމާއި ތަޖުރިބާ:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލްކުރައްވާ B1 ކެޓަގަރީގެ ލައިސަންސް ހާސިލުކޮށްފައިވުމާއެކު، ލިޔަންކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ނޮޅިވަރަމް ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2016 ޖުލައި 5 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ނޮޅިވަރަމް ޞިއްޙީ މަރުކަޒުގެ އޮފީހަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން އޮންނާނެ ދުވަހެއް، މި އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6520514 އެވެ. ގުޅާނީ، ރަސްމީ ގަޑީގައެވެ.

16 ރަމަޟާން 1437

21 ޖޫން 2016