މަޤާމު: އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ ގްރޭޑް 1
|
މުސާރަ އާއި އެލަވަންސް
|
މަހަކު -/8000 ރ
|
މަޤާމުގެ ރޭންކް
|
AS 7
|
ބޭނުންވާ އަދަދު
|
01
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އެޑްމިނިސްޓްރޭޝަން / އިންފްރާސްޓްރަކްޗަރ އެންޑް ލޮޖިސްޓިކް
|
މަޤާމުގެ ޝަރުޠު:
|
ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 04 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު، ދާއިރާއިން 01 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 02 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު، ދާއިރާއިން 04 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 04 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު، ދާއިރާއިން 02 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ގުޅޭ ދާއިރާއަކުން 03 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކުންފުނީގެ އިމާރާތްތައް ސާފުކޮށް ބެލެހެއްޓުން
- ކުންފުނީގެ އިމާރާތްތަކުގެ ތެރެއިން މަރާމާތު ކުރަންޖެހޭ ތަންތަނާއި އިންފްރާސްޓްރަކްޗަރއަށް ލިބޭ ގެއްލުންތައް ބަލައި ގަވާއިދުން މަރާމާތުކޮށް ބެލެހެއްޓުން
- ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކާއި، ސްޓޫޑިއޯތަކުގައި އަޅާފައިވާ ކާޕެޓް ހަޑިވިޔަނުދީ ވެކިއުމްކޮށް ސާފުކޮށް ބެލެހެއްޓުން
- ކުންފުނީގެ ބޭނުމަށް ގެންނަ އެކިއެކި ސާމާނު ގެންދިއުމަށް ހަމަޖެހިފައިވާ ތަންނަތަށް ގެންގޮސްދިނުން
- ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކަށް ގެންދަންޖެހޭ ލިޔެކިޔުމާއި އެހެނިހެން ތަކެތި ހަވާލުކުރުން
- ކުންފުނީގެ އެކި ލޮޖިސްޓިކް މަސައްކަތްތައް ކުރުން
- މަސައްކަތުގެ މީހުންގެ މަސައްކަތްތައް ބަލައި ސްޕަވައިޒް ކުރުން
- މީގެއިތުރުން ވެރިން ހަވާލު ކުރައްވާ އޮފީހުގެ މަސައްކަތްތައް
|
އިތުރުގަޑި:
|
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު
|
މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް
- މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތަށެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 03 ޖުލައި 2016 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|