ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)230-AHI/230/2016/15
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 28 ޖޫން 2016 14:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާރު ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

  • މަޤާމް: ކާރު ޑްރައިވަރ
  • މަޤާމު ނަންބަރު: J-222649
  • މަޤާމުގެ ގިންތި: ދާއިމީ
  • މަޤާމުގެ ރޭންކް: އެސް. އެސް. 2
  • މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
  • ބޭނުންވާ އަދަދު: 1 (އެކެއް)
  • ވަޒީފާ އަދާކުރަންޖެހޭ ތަން: މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ، ބ. އޭދަފުށި
  • ސަރވިސް: ސަޕޯޓް ސަރވިސް
  • މުސާރަ: މަހަކު -/3،470 ރުފިޔާ
  • ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

 

 

ތަޢުލީމާއި ތަޖުރިބާ:

1- މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރައްވާ B1 ކެޓަގަރީގެ ލައިސަންސް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- ލިޔަންކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

1- އޮފީހުން އަންގާ ގޮތެއްގެމަތީން ކާރު، ވޭން ދަތުރުތައް ކުރުން.

2- ކާރު، ވޭން ސާފުތާހިރުކޮށް ބެލެހެއްޓުން.

3- ކާރު، ވޭން މަރާމާތުކޮށް ބެލެހެއްޓުން.

 

ވަޒީފާއަށް ޤާބިލު މީހަކު ހޮވުމުގައި ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއުކޮށްގެން.

އިންޓަވިއު ބޭއްވުމަށް ހަމަޖެހި ފައިވާ ތަނާއި ތާރީޚު:

- އަތޮޅު  ކައުންސިލް  އިދާރާއިން،  ކާރު  ޑްރައިވަރަކު  ހޯދުމަށް  ކޮށްފައިވާ  އިޢުލާނުގެ  މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި، ތަނާއި ތާރީޚު އަންގާނެއެވެ.

- - އިންޓަވިއު ކުރެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު.

މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާއަށް 2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން.

(އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ލިޔުންތައް ހުށަހެޅޭނެއެވެ.)

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އިދާރާގެ 6608300 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

15 ރަމަޟާން 1437

20 ޖޫން 2016