ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)451-HR/1/2016/25
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 29 ޖޫން 2016 13:30
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

   މަޤާމު:                    ޑިރެކްޓަރ

   ބޭނުންވާ އަދަދު:               01

   ރޭންކް:                    EX1

   ކްލެސިފިކޭޝަން:               ޑިރެކްޓަރ

   މުސާރަ:                   -/8835 ރުފިޔާ (މަހަކު)

   ސަރވިސް އެލަވަންސް:           -/2000 ރުފިޔާ (މަހަކު)

   ވަޒީފާ އޮތް އޮފީސް:             ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

   ގިންތި:                     ދާއިމީ

   ވަޒީފާ އަދާކުރާތަނާއި ރަށް:          ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ 

ޝަރުޠު:

1. އެކައުންޓިން، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. އެކައުންޓިން، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. އެކައުންޓިން، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ބަޖެޓުގެ އެކައުންޓްތަކާއި އަދި ބަޖެޓާނުބެހޭ ހުރިހާ އެކައުންޓްތަކެއްގެ ހިސާބުތައް މާލިއްޔަތު ޤާނޫނާ އެއްގޮތަށް ގަވާއިދުން ބެލެހެއްޓެވުމާއި، ފައިސާއާ ބެހޭގޮތުން އޯޑިޓްއޮފީހަށާއި އަދިވެސް އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ގަވާއިދުން ހަދައި ފޮނުވުން.
  2. އިންސްޓިޓިއުޓަށް ލިބޭ ބޭރުގެ އެހީގެ ތަކެއްޗާއި، ފައިސާގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓެވުމާއި މިކަމާގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
  3. އޮފީހުގެ ޕްރޮކިއުމަންޓާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  4. ކުރިއަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުން،
  5. ތަފާތު ކޯސްތަކާއި ވާރކްޝޮޕް އަދި ޓްރެއިނިންގ ފަދަ ކަންކަމަށް ގެނެވޭ ފަރާތްތަކަށް އެލަވަންސާއި އިނާޔަތް ދިނުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކުރަމުން ގެންދިއުން.
  6. ރާއްޖެއިން ބޭރުން ގެނެވޭ ކޮންސަލްޓެންޓުންނާއި، ވޮލެންޓިއަރުންގެ ދަތުރުފަތުރާއި އެކޮމަޑޭޝަނާއި އަދިވެސް ފައިސާއާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.
  7. މަރުކަޒުގެ ދަށުގައިވާ ޢިމާރާތްތަކާއި، އެތަންތަނުގައި ހުންނަ އެންމެހާ ތަކެތި ބެލެހެއްޓުމާއި، ބާވާތަކެއްޗާއި ހަލާކުވާ ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވަންޖެހޭ ތަކެތި ނީލަމަށް ފޮނުވުމާއި ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގެ ކަންތައް ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތަށް ކުރަމުން ގެންދިއުން.
  8. މަރުކަޒު ހިނގަމުންދާ ޢިމާރާތް މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
  9. ޑިޕާޓްމަންޓްތަކަށް ބޭނުންވާ ތަކެތި ރާއްޖެއިންނާއި އަދި ރާއްޖެއިން ބޭރުން ހޯދައި ގެނެސްދީ ހެދުމުގެ އެންމެހާ އިންތިޒާމުތަކެއް ކޮށް ބެލެހެއްޓުން.
  10. އަތޮޅުތެރެއަށް ކުރަންޖެހޭ ދަތުރުތަކާ ގުޅިގެން ފައިސާއާ ބެހޭގޮތުން އިންތިޒާމު ކޮށްދޭންޖެހޭ އެންމެހާ ކަންތައްތައް ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް ހަމަޖައްސައިދިނުން.
  11. ކުއްޔަށް ހިފާފައިވާ އެންމެހާ ޢިމާރާތްތަކާއި އަދި ކުއްޔަށް ހިފަންޖެހޭ ޢިމާރާތްތަކާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ގަވާއިދުތަކާ އެއްގޮތަށް ކުރަމުން ގެންދިއުން.
  12. އިންވެންޓްރީ ރަނގަޅަށް ބެލެހެއްޓުން.
  13. ފަސޭހަކަމާއެކު މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުން.
  14. ޔުނިޓުގެ ބައްދަލުވުންތައް ގަވާއިދުން ބާއްވައި، ޔުނިޓުގެ މަސައްކަތް ދާގޮތް ހަފުތާއަކު އެއްފަހަރު ޑިޕާޓްމަންޓްގެ ވެރިޔާއަށް ރިޕޯޓް ކުރުން.
  15. ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޔުނިޓުގެ މުވައްޒަފުންގެ ޓާގެޓް ރިވިއުކުރުމާއި، އަދި އަހަރު ނިމުމުން މުވައްޒަފުން އެޕްރައިޒް ކުރުން.
  16. ދަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
  17. މި އިންސްޓިޓިއުޓުގެ މަސަކަތްތަކާ ގުޅޭގޮތުން އެކިއެކި ކަންކަމުގައި އަންނަ ފަރާތްތަކަށް މަގު ދައްކައި އަވަސް ޚިދުމަތް ފޯރުކޮށްދިނުމަށް އެހީވެދީ މެހުމާންދާރީ އަދާކުރުން.
  18. އެހެން ޑިޕާޓްމަންޓްތަކުން ރާވައި ހިންގައި ކަންކަމުގައި އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން  

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށްކުރާ އިންޓަރވިއު އިން

ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

އިނާޔަތްތައް:

މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިންޓަރވިއު ކުރުން.

މި މަޤާމުތަކަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 30 ޖޫން 2016 އާއި 03 ޖުލައި 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައެވެ.

އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އިންސްޓިޓިއުޓުގެ ވެބްސައިޓް (www.nie.edu.mv) އިން އަދި މި އިންސްޓިޓިއުޓުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

ށ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ނ- ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ، ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު )

ޅ- ދިވެހި ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ ޣާޒީބިލްޑިންގ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 29 ޖޫން 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

21 ޖޫން 2016