|
މަޤާމުގެ ޝަރުޠު
|
- އެމް.ކިޔޫ.އޭ ލެވެލް 5/6 ގެ ސެޓުފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ
- އެމް.ކިޔޫ.އޭ ލެވެލް 4 ގެ ސެޓުފިކެޓަށްފަހު 2 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރުދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ލައިބްރަރީއަށް ލިބޭ ފޮތާއި، ނޫސް، މަޖައްލާއާއި އެހެންވެސް ލައިބްރަރީއަށް ލިބޭ ނުވަތަ ހޯދޭ ތަކެތި ހަމަޖެހިފައި އޮންނަ ނިޒާމުގެ ދަށުން ޕްރޮސެސްކޮށް ބެލެހެއްޓުން.
- ލައިބްރަރީގެ ރިސޯސް ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިދިނުމަށް އެކުލަވައިލާފައިވާ އުސޫލުގެ ދަށުން ލައިބްރަރީ ސަރކިޔުލޭޝަންގެ ތެރޭގައި ހިމެނޭ ފޮތް ހޯދުމާއި، ރިޒަރވް ކުރުމާއި، ތަކެތި ދޫކުރުމާއި ބަލައިގަތުމާއި، ލައިބްރަރީގައި ހިމެނޭ އީ. ރިސޯސްތައް ބޭނުންކުރާނޭ ގޮތް އޮޅުންފިލުވައިދިނުމާއި، އެހީތެރިކަން ދިނުން.
- އެ މުވައްޒަފަކަށް ހަވާލުކުރެވޭ ޝެލްފްތައް ކަނޑައެޅިފައިވާ އުސޫލުން ތަރުތީބުކޮށް ބެލެހެއްޓުމާއި، ދުވަހީގޮތެއްގައި ޝެލްފް ރީޑް ކުރުމާއި ބެލެހެއްޓުން.
- ލައިބްރަރީގެ އިންވެންޓަރީ ބެލެހެއްޓުމާއި ލައިބްރަރީގެ ރިސޯސްތައް އޮންނަ އުސޫލުން ކެޓަލޮގް ކުރުމުގައި އެހީތެރިވުމާއި، އަމިއްލައަށް ކެޓަލޮގްކުރުމަށް މަސައްކަތް ކުރުން.
- ފޮތްތައް ޕްރޮސެސް ކުރުމުގައި ކަނޑައެޅިފައިވާ އުސޫލުން މަސައްކަތްކުރުމާއި ހަލާކުވެ މަރާމާތުކުރަންޖެހޭ ތަކެތި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު މަރާމާތުކޮށް ސާރކިޔުލޭޝަން ތެރެއަށް ގެނައުމަށް މަސައްކަތް ކުރުން.
- ޑިއުޓީ ހަމަޖެހިފައިވާ ގޮތެއްގެ މަތިން ސާރކިޔުލޭޝަން ޑިޔުޓީ ލައިބްރަރީގައި ފުރިހަމަކުރުމާއި އެއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން. މުވައްޒަފުންގެ ދަތިކަން ހުންނަގޮތުން އެމް.އެން.ޔޫ.ގެ އެހެން ލައިބްރަރީތަކުގައި ޚިދުމަތް ކުރަންޖެހިއްޖެ ނަމަ ޚިދުމަތް ކުރުން.
- ލައިބްރަރީ ތަރައްޤީކޮށް، ޕްރޮމޯޓްކުރުމުގައި ހުރިހާ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުން. މިގޮތުން ޑިސްޕްލޭ ހެދުމާއި، އެކިއެކި މުނާސަބަތު ފާހަގަކުރުމާއި، ކުރު ތަމްރީނު ހިންގުމާއި، އެނޫނަސް ލައިބްރަރީގައި ކުރަންޖެހޭ ކަންކަން ކުރުން
- ކެމްޕަސްތަކުގެ ލައިބްރަރީތަކަށް ފޮނުވާ އަދި އެ ތަންތަނުން ގެނެވޭ ތަކެތި އޮންނަ އުސޫލުން ބެލެހެއްޓުމާއި އެ ތަންތަނުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ބައިވެރިވެ އެހީތެރިކަން ދިނުން
|
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ވެބްސައިޓްގެލިންކް http://mnu.edu.mv/images/downloads/Job%20Application.pdf އިން ލިބެން ހުންނާނެއެވެ).
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުންނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓު:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށްކުރިމަތި ލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
- 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒަށް
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލާ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345408 ނަންބަރު ފޯނާއެވެ.
|