ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)160-A/1/2016/83
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 21 ޖޫން 2016 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ވޮޗަރ (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމު

ވޮޗަރ  

ބާވަތް: ކޮންޓްރެކްޓް

(01 އަހަރު ދުވަހަށް)

ބޭނުންވާ ޢަދަދު:  1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000  ރުފިޔާ

އޮފީސް

 ކީރިތި ޤުރްއާނާބެހޭ މަރްކަޒު

ސެކްޝަން:

އެޑްމިން

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:

އެސް.އެސް 1

މަޤާމުގެ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން

މަޤާމުގެ މަސައްކަތް:

ޑިއުޓީ އުޞޫލުން މަރްކަޒުގެ ސެކިއުރިޓީ ބެލެހެއްޓުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ އިތުރުގަޑީގެ ފައިސާ
  • ޝިފްޓް ޑިއުޓީ އެލަވަންސް
  • ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން ލިބޭ އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން، މަތީގައި ބަޔާންކުރެވުނު ތަކެތި މި މަރުކަޒަށް ހުށަހެޅުއްވުން އެދެން.

އިންޓަވިއު އޮންނާނެ ތާރީޚު

2016 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު މި މަރުކަޒުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3019303،3019304 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3335086 އެވެ.
21 ޖޫން 2016