ވަޒީފާގެ ފުރުޞަތު
ނަންބަރު: GS04/Iu/2016/25
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 28 ޖޫން 2016 14:00
ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:         

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

ރޭންކު :

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ:

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި ސެކްޝަން:

ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރާ، ތ. ތިމަރަފުށި

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު / ތަޢުލީމާއި، ތަޖުރިބާތައް:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1- ލިޔަންކިޔަން އެނގުން.

2- މަސައްކަތު ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި  މަޤާމަށް  ޝަރުޠު  ހަމަވާ  ފަރާތްތަކަށް  ބާއްވާ  އިންޓަވިއު  ބޭއްވުމަށް ހަމަޖެހިފައިވަނީ،  ތ.  އަތޮޅު  ތަޢުލީމީ  މަރުކަޒުގައެވެ.  މި  އިޢުލާނުގެ  މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖޫން 28 ވާ އަންގާރަދުވަހުގެ  14:00  ގެ  ކުރިން،  ވަޒީފާއަށް  އެދޭ  ފޯމާއެކު  ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވެނޭއެވެ.

ޗުއްޓީ:

ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ލިބޭނެއެވެ.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ތ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަކަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށްފައިވާ) ކޮޕީ. 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ (ސީވީ ތައްޔާރުކުރަންވާނީ، ވަޒީފާއަށް އެދޭ ފޯމާއެކުގައިވާ ނަމޫނާއާ އެއްގޮތަށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6780015 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ، [email protected] އަށެވެ.

15 ރަމަޟާން 1437

20 ޖޫން 2016