ދިވެހިރާއްޖެ
މި ކޮމިޝަނުގެ ނަންބަރު A)CA-2013/240)ފ(24 ޖޫން 2013) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
2013 ސެޕްޓެންބަރު 07 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސި އިންތިޚާބުގައި ނ. ހޮޅުދޫގައި ބަހައްޓާ 2 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް މިހާރު ހަމަޖެހިފައިވަނީ ނ. ހޮޅުދޫ ޒުވާނުންގެ މަރުކަޒުގައެވެ. އެހެންކަމުން މިދެންނެވި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.
# |
ވޯޓުފޮށީގެ ނަންބަރު |
ވޯޓުފޮށީގެ ނަން |
ވޯޓުލާ ސަރަޙައްދު |
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
1 |
D03.11.2 |
ނ. ހޮޅުދޫ - 2 |
މި ފޮށްޓަށް ވޯޓުލާނީ ހޮޅުދޫ ޙަސަންކަލޭފާނުމަގުން ދެކުނަށް، ކާމިނީމަގުން ހުޅަނގަށް، ޗާނދަނީ ހިނގުމުން ދެކުނަށް، ޗާނދަނީމަގުން ހުޅަނގަށް، ޗާނދަނީގޯޅިން ދެކުނަށް، ލައިނޫފަރުމަގުން ހުޅަނގަށް އަދި ރަބީޢީހިނގުމުން ހުޅަނގު ސަރަހައްދުގައި ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި ހޮޅުދޫގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ. |
ނ. ހޮޅުދޫ
ޒުވާނުންގެ މަރުކަޒު |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
6 ޝައްވާލް 1434