ދިވެހިރާއްޖެ
އިޢުލާން
އެސް.ޓީ.އޯ ބ.އޭދަފުށީ ފިހާރައަށް ބޯޓުތަކުން ގެންދާ މުދާ ބޯޓުތަކުން ބޭލުމާއި ގުދަންކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
އެސް.ޓީ.އޯ ބ.އޭދަފުށީ ފިހާރައިގެ ވިޔަފާރިއަށް ގެންދާ މުދާ ބޯޓުތަކުން ބޭލުމާއި، އަދި ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން އަންގާ ތަނެއްގައި ގުދަންކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވައިލަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުލައްވާ ބޭފުޅުން 2016 ޖޫން 26 ވާ ދުވަހު 11:00 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ޖޫން 26 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 ޖޫން 27 ވަނަ ދުވަހު 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ޖުލައި 02 ވާ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. އަދި 2016 ޖުލައި 4 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ޖުލައި 10 ވަނަ ދުވަހު 14:00 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344371, 3344262
ފެކުސް: 3344633
އީމެއިލް: [email protected]