މަސައްކަތް
ނަންބަރު: GS-30/IUL/2016/14
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 29 ޖޫން 2016 10:30
ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
4 ކުލާސް ރޫމްގެ ކުޑަ ދޮރުފަތާއި ބޮޑު ދޮރުތައް މަރާމާތުކުރުން

އަންދާސީހިސާބު ބޭނުންވެއްޖެ

މި މަދަރުސާގެ ދެބުރި ޢިމާރާތުގެ މަތީބުރީގެ 4 ކިލާސް ރޫމްގެ ކުޑަދޮރުފަތްތަކާއި، ބޮޑު ދޮރުފަތްތައް މަރާމާތުކޮށް ތަންޑުތަކާއި ވައިތަންޑުތައް ހަރުކޮށް ދަވާދުލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި މަދަރުސާއިން ކުރި ނަންބަރު:GS-30/IUL/2016/12 ( 26-05-2016 ) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވީ 2 ފަރާތަކުންކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވުމާއެކު، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވަން ވާނެއެވެ.

އައިޓަމް/ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރެއްވުން

29-06-2016

ބުދަ

10:30

ގދ.އަތޮޅު މަދަރުސާގެ އިދާރާ

އަންދާސީހިސާބު ހުށަހެޅުއްވުން

05-07-2016

އަންގާރަ

10:30

ގދ.އަތޮޅު މަދަރުސާގެ އިދާރާ

 14 ރަމަޟާން 1437

19 ޖޫން 2016