ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
||
މަޤާމް: |
ލީގަލް އެސިސްޓެންޓް |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ލީގަލް އެސޯޝިއޭޓް ޕްރޮފެޝަނަލްސް |
މަޤާމުގެ ރޭންކް: ސީ. އެސް. 7-1 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ނަންބަރު: 259413 |
މުސާރަ: |
މަހަކު -/8،050 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/3،750 ރުފިޔާ |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 މީގެ އިތުރުން، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ، "ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު" ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ދެވޭނެއެވެ. |
|
މަޤާމުގެ މަސްއޫލިއްޔަތު: |
އައްޑޫސިޓީ ކައުންސިލުން ހިންގަންޖެހޭ އެންމެހައި ޤާނޫނީ މައްސަލަތައް ހިންގާ ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި، ޓެކްނިކަލް މަސައްކަތްކުރުމުގައި ލީގަލް އޮފިސަރަށް އިދާރީގޮތުން އެހީވެދިނުމާއި، ކޯޓުތަކުގައި ވަކާލާތުކުރަންޖެހޭ މައްސަލަތަކުގައި ލީގަލް އޮފިސަރަށް ކޯޓުތަކަށް ނުދެވޭ ހާލަތްތަކުގައި ބަދަލުގައި ކައުންސިލްގެ ފަރާތުން ކޯޓުތަކުގައި ވަކާލާތުކުރުމާއި، ކައުންސިލުން ހަދަންޖެހޭ ގަވާއިދުތައް ޑްރާފްޓްކުރުމާއި، ޔުނިޓަށް ހުށަހެޅޭ އެކިއެކި މައްސަލަތަކާ ގުޅިގެން އެ މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާންތައް ނެގުމާއި، ލީގަލް ޔުނިޓުން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތަކާއި ޓެކްނިކަލް މަސައްކަތްތައް ކުރުން. |
|
މަޤާމުގެ ޝަރުޠުތައް: |
ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައިވުން. |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ޕްލޭނިންގ ސެކްޝަން (ލީގަލް ޔުނިޓް) / އައްޑޫސިޓީ ކައުންސިލްގެ އިދާރާ |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން. 2. މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ. 3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން. 4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަން ބެލުމަށް ބޭއްވޭ ޕްރެކްޓިކަލްސް. |
|
އިންޓަވިއު ބޭއްވޭނެ ތަނާއި ތާރީޚު: |
އިންޓަވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރުގެ ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަވިއު ބޭއްވޭނެ ތަނަކާއި ގަޑި، ލިއުމަކުން އެންގޭނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ވަޒީފާއަށް އެދި ހުށަހަޅާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ.) 2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ސާފު ކޮޕީއެއް. 3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ) 5. ކޯސް ފުރިހަމަކުރުމަށްފަހު ކޯހުން ފާސްވެފައިވާކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާ "ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް" ހުށަހަޅަންވާނެ. 6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް (މި އިދާރާގެ މުވައްޒަފުން މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.) 7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު) |
|
ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީންކުރުމާއި، ޝޯޓް ލިސްޓް ކުރުން: |
ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ސްކްރީންކުރުމާއެކު، މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއެކު އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްކުރުމުގައި ބެލޭނެ ކަންތައްތަކަކީ: 1- ލިބިފައިވާ ތަޢުލީމާއި ތަމްރީން 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ 3- މަސައްކަތުގެ ހުނަރާއި ޤާބިލްކަން. |
|
ސުންގަޑި: |
2016 ޖޫން 29 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް. |
|
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ 6885003 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
|
11 ރަމަޟާން 1437 |