ބީލަން
ނަންބަރު: (IUL)K4HC/2016/03
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 27 ޖޫން 2016 14:00
މުލަކު ޞިއްޙީ މަރުކަޒު، މ. މުލައް
ދިވެހިރާއްޖެ
ވޮޗަރ

މި އިޢުލާންވަނީ 17 އޮގަސްޓް 2023 17:20 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ވޮޗަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް. އެސް. 1

މުސާރަ:

މަހަކު -/3,100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,000 ރުފިޔާ

ޑިވިޜަން/ ސެކްޝަން:

-

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުލަކު ޞިއްޙީ މަރުކަޒު / މ. މުލައް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މަރުކަޒުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ލިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2016 ޖޫން 27 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މުލަކު ޞިއްޙީ މަރުކަޒަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ޖުލައިމަހު، މުލަކު ޞިއްޙީ މަރުކަޒުގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- އިންޓަވިއުއަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި، އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރުގެ ކުރިން، ލިޔުމުން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6720592 ނަންބަރު ފޯނަށެވެ.

15 ރަމަޟާން 1437

20 ޖޫން 2016