ކުއްޔަށް ހިފުން
ނަންބަރު: AI/IUL/2016/052
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 22 ޖޫން 2016 11:00
އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފީހެއް ހިންގާނޭ ތަނެއް ކުއްޔަށް ހިފުމަށް

އިޢުލާން

ކުއްޔަށް ހިފަން ބޭނުންވެއްޖެ:

މާލޭގެ ރަނގަޅު ސަރަޙައްދަކުން މި ކުންފުނީގެ އޮފީހެއް ހިންގާނޭ ތަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

  • ބޭނުންވާ އޮފީސް އޭރިއާ: 5,000 – 6,000 އަކަފޫޓު (ގްރައުންޑް ފްލޯރ ހިމެނޭގޮތަށް)
  • ސަރަޙައްދު: ސަރުކާރުގެ އޮފީސް އަދި ބޭންކް ފަދަ ތަންތަން ހުންނަ ސަރަޙައްދަކަށްވުން. އަދި ބޮޑުމަގަކުން ޢިމާރާތަށް ވަދެވޭގޮތަށް ހުރުން
  • ކުއްޔަށްދޭ މުއްދަތު: މަދުވެގެން 05 އަހަރު

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 22 ވާ ބުދަ ދުވަހުގެ 11:00 އަށް މި އޮފީހަށް (އެސްޓީއޯ ޓްރޭޑް ސެންޓަރުގެ 04 ވަނަ ފަންގިފިލާ) ވަޑައިގެން ތިރީގައިމިވާ މަޢުލޫމާތު ހިމެނޭ ގޮތަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

  • ކުއްޔަށް ދޭ ތަނުގެ ތަފުސީލު (މަގު، ފަންގިފިލާ)
  • ކުލި
  • އެޑްވާންސް
  • ކުއްޔަށް ދޫކުރެވޭނެ މުއްދަތު
  • ފްލޯރ ޕްލޭން

އިވެލުއޭޝަން ކްރައިޓީރިއާ

  • އަގު:                %50
  • ޢިމާރާތް ހުރި ސަރަޙައްދު:     %50

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 3304327 އަށް ގުޅުއްވުން އެދެމެވެ.

11 ރަމަޟާން 1437

16 ޖޫން 2016