ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 182-MTG/2016/ 14
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 30 ޖޫން 2016 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވިއްކުމާއި އެތެރެކުރުން މަނާކޮށްފައިވާ Hyocimax Injection 20mg /ml އާއި Hyocimax Tablet 10mg އާ ގުޅޭ

އިޢުލާން

މި އޮތޯރިޓީގެ އިޢުލާނު ނަންބަރު: 182-MTG/2016/03 (20 ޖަނަވަރީ 2016) އިން ވަކިގޮތަކަށް ނިމެންދެން ވިއްކުމާއި އެތެރެކުރުން މަނާކޮށްފައިވާ Hyocimax Injection 20mg /ml އާއި Hyocimax Tablet 10mg މި އޮތޯރިޓީން ބެލިބެލުމުންނާއި ރިފަރަލް ލެބޯޓަރީން ޓެސްޓުކުރިއިރު ބޭސް އުފެއްދުމުގެ މިންގަނޑުތަކަށް ނުފެތޭކަން ވަނީ ފާހަގަކުރެވިފައިވެ.

ވީމާ، Hyocimax Injection 20mg /ml އާއި Hyocimax Tablet 10mg ރާއްޖެ އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3014316 އިން  ލިބިވަޑައިގަންނަވާނެއެވެ.

20 ޖޫން 2016