ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2016/47
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 31 ޖުލައި 2016 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫގައި ޢިމާރާތްކުރާ 40 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ގދ. ހޯނޑެއްދޫގައި ޢިމާރާތްކުރާ 40 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން:

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ގދ. ހޯނޑެއްދޫގައި ޢިމާރާތްކުރަމުންދާ 40 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު 20 ޖޫން 2016 އިން ފެށިގެން 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލަމެވެ. ހައުސިންގ ޔުނިޓްތަކަށް އެދިލައްވާ ފަރާތްތަކުން، ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހަޅުއްވާ ފޯމު ފުރިހަމަކުރުމަށްފަހު، މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 26 ޖޫން 2016 އިން ފެށިގެން 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 14:00 އަށެވެ.

ހައުސިންގ ޔުނިޓްތައް ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލު މި އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައިވާނެއެވެ. އަދި މި އިދާރާއިން ފޯމު ދޫކުރަން ފަށާ ތާރީޚުން ފެށިގެން ހައުސިންގ ޔުނިޓްތަކަށް އެދޭ ފޯމާއި އުސޫލު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ވެބްސައިޓް www.housing.gov.mv އާއި، މި ކައުންސިލްގެ ވެބްސައިޓް www.gdhhc.gov.mv އިން ޑައުންލޯޑްކުރެވެންވެސް ހުންނާނެއެވެ. ނަމަވެސް، އާންމުކޮށް ފޯމު ދޫކޮށް ބަލައިގަންނާނީ މި އިދާރާއިންނެވެ.

ހައުސިންގ ޔުނިޓްތަކަށް އެދި ފޯމު ހުށަހަޅުއްވާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ރަމަޟާން 1437

19 ޖޫން 2016