ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސްކޫލުން ކޮށްފައިވާ އިޢުލާން ނަންބަރު GS-204/IU/2016/15 އާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މި ސްކޫލުގައި ގުދަނެއް ޢިމާރާތް ކުރާނެ ފަރާތެއް ބޭނުންވެއްޖެ.
މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫނު 18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އެހެން ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނަމަ އެފަރާތުގެ ސިޓީއެއް އަދި ކުންފުންޏެއްނަމަ އެ ކުންފުނީގެ ރަސްމީ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީ ގެންނަންވާނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާޑު ގެންނެވުން އެދެމެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރެއްވޭނީ ކޮންމެ ފަރާތަކަށް ވެސް އެއް ފަރާތެއްގެ ނަމުގައެވެ.
މަޢުލޫމާތު ދިނުން |
އަންދާސީހިސާބު ބަލައިގަތުން |
ތާރީޚު: 26 ޖޫން 2016 |
ތާރީޚު: 30 ޖޫން 2016 |
ގަޑި: 13:30 |
ގަޑި 13:30 |
ތަން: ނަޑެއްލާ ސްކޫލް |
ތަން: ނަޑެއްލާ ސްކޫލް |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.