ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)241-A/241/2016/30
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 26 ޖޫން 2016 14:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް ޑްރައިވަރ (ކޮންޓްރެކްޓް އުސޫލުން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ލޯންޗް ޑްރައިވަރ (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ރޭންކް: އެސް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން: ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މަޤާމުގެ ޝަރުޠު:

- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް (22 މީހުންގެ ޖާގައިގެ ލޯންޗް ދުއްވުމުގެ ލައިސަންސް) ލިބިފައިވުން.

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އެސް. އެސް/ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް (22 މީހުންގެ ޖާގައިގެ ލޯންޗް ދުއްވުމުގެ ލައިސަންސް) ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 2 ގެ ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރެއްގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުމާއެކު، ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް (22 މީހުންގެ ޖާގައިގެ ލޯންޗް ދުއްވުމުގެ ލައިސަންސް) ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އަތޮޅު ކައުންސިލް އިދާރާގެ އުޅަނދުފަހަރުގައި ކުރަންޖެހޭ ދަތުރުތައް (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުމުގައި ކެޕްޓަން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.

2. އަތޮޅު ކައުންސިލްގެ އިދާރާގެ ކަނޑުއުޅަނދުފަހަރު ދުއްވާއިރުގައްޔާއި ފަޅުގައި އޮންނައިރު، އެއަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، އުޅަނދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް، އިންތިޒާމްކޮށް ހިންގުން.

3. ކަނޑުއުޅަދުފަހަރުގެ އިންވެންޓްރީގައި ހިމެނޭ ތަކެތި ރަނގަޅަށް ބަލަހައްޓައި، ހަލާކުވާ ތަކެތި މަރާމާތުކުރުމަށް، އިދާރާގެ ކަމާބެހޭ ވެރިންނާ މުވައްޒަފުންނާ ވާހަކަދައްކައި، އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެދަށުން އެކަން ހިންގުން.

4. ދަތުރުނުކުރާ ބަންދުނޫން ދުވަސްތަކާއި ގަޑިތަކުގައި، އިދާރާއިން އަންގާ ގޮތެއްގެ މަތިން، ރަސްމީގަޑީގައި، އިދާރާގެ މަސައްކަތްތަކުގައި ބައިވެރިވުން.

5. އަތޮޅު ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވާގޮތަށް ކުރެވޭ އެންމެހައި ކަންތައްތަކުގައި ބައިވެރިވެ، ޒިންމާދާރު ވެރިޔާގެ އިރުޝާދުގެމަތިން، ރަސްމީ ކަންކަމުގައި ހަރަކާތްތެރިވުން.

6. ކަނޑު އުޅަނދުފަހަރުގެ ދަތުރެއް ކުރަން ޖެހުމުން، ދަތުރާބެހޭ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ފަޅުވެރިންގެ އިސްމީހެއްގެގޮތުގައި މަސައްކަތްކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/3875 ރުފިޔާ.

- ސަރވިސް އެލަވަންސް -/1000 ރުފިޔާ. 

- ދަތުރު އެލަވަންސް.

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިއުންތައް:

- ވަޒީފާއަށް އެދޭ ފޯމު

 - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ކޮޕީގެ ސަރުކާރުގެ އޮފީހަކުން އެޓެސްޓްކޮށްފައިވާ ކޮޕީގެ އަސްލު.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވާޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީގެ އަސްލު.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ ނުވަތަ ސިޓީ)

ސުންގަޑި:
2016 ޖޫން 26 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް މީހަކު ހޮވުމުގެ ކަންތައްތައް ކުރިޔަށް ގެންދެވޭނީ، ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށެވެ. މި މަޤާމަށް ހޮވޭ ފަރާތަކީ މަސައްކަތަށް ރަނގަޅު މީހެއްކަމަށް ފެންނަނަމަ، އޭނާގެ މަޤާމް ދާއިމީކުރުމަށް ހުށަހެޅޭނެއެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ (ރަސްމީ ގަޑީގައި) މި އިދާރާގެ 6820028 ނަންބަރު ފޯނަށެވެ.

14 ރަމަޟާން 1437

19 ޖޫން 2016