މަސައްކަތް
ނަންބަރު: C-8-C/2016/07
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 26 ޖޫން 2016 13:00
ށ. ނަރުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާގުޅޭ.

މިކޯޓުގެ ނަންބަރު 02/2016/C-8-C (18 މޭ 2016) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތަކުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވިގެން އެ އަންދާސީހިސާބުތައް ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. މިކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިކަން ހުރި ޤާބިލު ފަރާތްތަކުން 26 ޖޫން 2016 ވަނަ ދުވަހުގެ 13:00 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 03 ޖުލައި 2016

އަންދާސީހިސާބު ހުށަހަޅާ ގަޑި: 13:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓް

14 ރަމަޟާން 1437 

19 ޖޫން 2016