ދިވެހިރާއްޖެ
މި ކޮމިޝަނުގެ ނަންބަރު A)CA-2013/231)ފ(8 ޖުލައި 2013) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
2013 ސެޕްޓެންބަރު 07 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސި އިންތިޚާބުގައި ގއ. ކޮލަމާފުށީގެ ބަހައްޓާ 2 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލު ގެނައުމަށް ހަމަޖައްސާފައިވާތީ، ގއ. ކޮލަމާފުށީގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 2 ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.
| # | ވޯޓުފޮށީގެ ނަންބަރު | ވޯޓުފޮށީގެ ނަން | ވޯޓުލާ ސަރަޙައްދު | ވޯޓުފޮށި ބަހައްޓާ ރަށް/ތަން | 
| 1 | P01.01.1 | ގއ. ކޮލަމާފުށި -1 | މި ފޮށްޓަށް ވޯޓުލާނީ ކޮލަމާފުށީ އަމީނީމަގުގެ ހުޅަނގު ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. | ގއ. ކޮލަމާފުށި ގއ. އަތޮޅު މަދަރުސާ ހޯލުގެ އިރުމަތީކޮޅުގައި | 
| 2 | P01.01.2 | ގއ. ކޮލަމާފުށި -2 | މި ފޮށްޓަށް ވޯޓުލާނީ ކޮލަމާފުށީ އަމީނީމަގުގެ އިރުމަތި ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ކޮލަމާފުށީގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ. | ގއ. ކޮލަމާފުށި ގއ. އަތޮޅު މަދަރުސާ ހޯލުގެ ހުޅަނގުކޮޅުގައި | 
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
4 ޝައްވާލް 1434