މަސައްކަތް
ނަންބަރު: FSM-ADV-2016/028
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:34
ސުންގަޑި: 22 ޖޫން 2016 11:30
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން މާލެއާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމު ކޮށްފައިވާ އެފް.އެސް.އެމް ފިއުލް ޝެޑްތަކާއި، އެހެނިހެން ސައިޓްތަކުގެ ސެކިއުރިޓީ، 1 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ސެކިއުރިޓީ ޚިދުމަތް ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖޫން 2016 ވާ ބުދަ ދުވަހުގެ 11:30 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ޖޫން 2016 ވާ ބުދަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331453 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

16 ޖޫން 2016