މަސައްކަތް
ނަންބަރު: (IUL)228-DG/228/2016/16
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 26 ޖޫން 2016 11:00
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

                                                                    އިޢުލާން

ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ނ. މިލަދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފުޓްސަލްދަނޑުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)228-DG/228/2016/2 ( 16 މާރިޗު 2016 ) އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ ބިޑުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 ޖުލައި 2016 ވާ ހޯމަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ދުރުވެ، އަންދާސީހިސާބު ( ބިޑު ) ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ( ބިޑް ) ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

11 ރަމަޟާން 1437

16 ޖޫން 2016