ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
| 
 މަޤާމު  | 
 ޑިރެކްޓަރ  | 
||
| 
 ބޭނުންވާ ޢަދަދު  | 
 01  | 
 މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ/ އެގްޒެކެޓިވް/ މެނޭޖަރ  | 
 ރޭންކް: EX 1  | 
| 
 މުސާރަ  | 
 މަހަކު -/8835 ރުފިޔާ  | 
||
| 
 ސަރވިސް އެލަވަންސް  | 
 މަހަކު -/2000 ރުފިޔާ  | 
||
| 
 މަސައްކަތް ކުރަންޖެހޭ ތަން  | 
 މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ޗައިލްޑް ރައިޓްސް ޕްރޮމޯޝަން ސެކްޝަން  | 
||
| 
 ތައުލީމާއި ތަޖުރިބާ  | 
 1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ 2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ 3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  | 
||
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް  | 
 1. ކުޑަކުދިންނާ، ގުޅުން ހުރި ޤާނޫނުތަކާ ބެހޭ ގޮތުން ކަމާ ބެހޭ ހުރިހާ މުޢައްސަސާތަކާއި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޕްރޮގްރާމްތައް ރާވައި ބެލެހެއްޓުން. 2. ކުޑަކުދިންނަށް ދިމާވާ މައްސަލަތަކާބެހޭ ގޮތުން އާންމު މުޖުތަމަޢު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ބެލެހެއްޓުން. 3. ކުޑަކުދިންނާ ބެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އަދި ފައިނޭންޝަލް އެސިސްޓަންސް ހޯދުމަށް ބޭރުގެ ޖަމްޢިއްޔާތަކާއެކު މަސައްކަތްކުރުން. 4. ޑޯނަރ އެޖެންސީތަކާއެކު މިނިސްޓްރީން އެއްބަސްވެވޭ ވާރކް ޕްލޭންތައް ތަންފީޒުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން. 5. ކުޑަކުދިންނާ، ގުޅޭގޮތުން ދިވެހިރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުން ތަންފީޒްކުރުމުގެ ކަންތައްތައް އިސްކޮށް ބެލެހެއްޓުން. 6. މިނިސްޓްރީގެ އަހަރީ ބަޖެޓް އެކުލަވައިލުމުގެ މަސައްކަތާއި، ސެކްޝަން ވާރކްޕްލޭން ތައްޔާރުކުރުމުގެ އިސްކޮށް ހިންގައި ބެލެހެއްޓުން. 7. ޗައިލްޑް ހެލްޕް ލައިނާއި ޗައިލްޑް ޕްރޮޓެކްޝަން، ޑޭޓާބޭސް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިސްކޮށް ބެލެހެއްޓުން. 8. ދާއިރާގައި މަސައްކަތްކުރާ، ފަންނީ މުވައްޒަފުންނަށް ބޭނުންވާ އެކިބާވަތުގެ ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިސްކޮށް ބެލެހެއްޓުން. 9. ސްކޫލް/ މަދަރުސާތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުޑަކުދިންގެ ޙައްޤުތަކާއި އެ ކުދިންނަށް ކުރިމަތިވާ ނޭދެވޭ ކަންކަމުން އަމިއްލައަށް ރައްކާތެރިވުމުގެ ހުނަރާއި ދިރިއުޅުމުގެ ތަފާތު ހުނަރުތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން. 10. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. 11. ކުޑަކުދިންނާ ގުޅުންހުރި މަސައްކަތްތައް ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތާއި، ގަވާއިދުތަކާއި، ގައިޑްލައިންތައް އެކުލަވައިލުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.  | 
||
| 
 ޢިނާޔަތްތައް  | 
 ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.  | 
||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
  | 
||
| 
 ސުންގަޑި  | 
 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.  | 
||
| 
 އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:  | 
 މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން ދިނުން އޮންނާނީ ޖުލައިމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ. ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަން ދޭ ގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.  | 
||
| 
 އިތުރު މަޢުލޫމާތު  | 
 މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަރވިއުގައި ޕްރެޒެންޓޭޝަށް ހުށަހަޅަން ޖެހޭނެއެވެ. ޕްރެޒެންޓޭޝަނާބެހޭ އިތުރު މަޢުލޫމާތުތައް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ހިއްސާ ކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027549 /3027523 އެވެ.  | 
||