ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2016/97
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 28 ޖޫން 2016 12:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ބަޔޯމެޑިކަލް އިންޖިނިއަރގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :އެސިސްޓެންޓް ބަޔޯމެޑިކަލް އިންޖިނިއަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު   

މި ހޮސްޕިޓަލުގެ ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއެވެ. މި މަޤާމަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލު މީހުންނެވެ.

މަޤާމު:

އެސިސްޓެންޓް ބަޔޯމެޑިކަލް އިންޖިނިއަރ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:  MS3

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން:

ބަޔޯމެޑިކަލް ޑިޕާޓްމަންޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ބަޔޯމެޑިކަލް އިންޖިނިއަރިންގ ޑިޕާޓްމަންޓުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މެޑިކަލް އިކުއިޕްމަންޓުތަކުގެ މަރާމާތާއި، މެއިންޓެނަންސް އަދި ޕްރިވެންޓިވް މެއިންޓެނަންސްގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެމަސައްކަތްތައް ރާވައި ހިންގުން.
  2. ބަޔޯމެޑިކަލް ޔުނިޓުގައި ކުރެވޭ މަސައްކަތްތަކުގެ ލޮގު ބެލެހެއްޓުމާއި އިންސްޓޯލްކުރެވޭ މެޝިން/އިކުއިޕްމަންޓުތަކުގެ އިންސްޓަލޭޝަން ޑޮކިއުމަންޓަށް ތައްޔާރުކުރުން.
  3. މެޝިންތަކުގެ މެއިންޓެނަންސް އަދި ރިޕެއަރއަށް ބޭނުންވާ ސްޕެއަރ ގަތުމަށްޓަކައި އެކަމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން.
  4. އިކުއިޕްމަންޓް/މެޝިންތައް ގަތުމަށްޓަކައި އެކަމަށް ބޭނުންވާ ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުން.

ތަޢުލީމާއި ތަޖުރިބާ:

 

 

1- ބަޔޯމެޑިކަލް އިންޖިނިއަރިންގ ނުވަތަ ކްލިނިކަލް އިންޖިނިއަރިންގގެ ދާއިރާކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ބަޔޯމެޑިކަލް އިންޖިނިއަރިންގ ނުވަތަ ކްލިނިކަލް އިންޖިނިއަރިންގގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- ބަޔޯމެޑިކަލް އިންޖިނިއަރިންގ ނުވަތަ ކްލިނިކަލް އިންޖިނިއަރިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ބަޔޯމެޑިކަލް އިންޖިނިއަރިންގ ނުވަތަ ކްލިނިކަލް އިންޖިނިއަރިންގގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3- ބަޔޯމެޑިކަލް އިންޖިނިއަރިންގ ނުވަތަ ކްލިނިކަލް އިންޖިނިއަރިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބަޔޯމެޑިކަލް އިންޖިނިއަރިންގ ނުވަތަ ކްލިނިކަލް އިންޖިނިއަރިންގގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

4- ބަޔޯމެޑިކަލް އިންޖިނިއަރިންގ ނުވަތަ ކްލިނިކަލް އިންޖިނިއަރިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

5- ބަޔޯމެޑިކަލް އިންޖިނިއަރިންގ ނުވަތަ ކްލިނިކަލް އިންޖިނިއަރިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބަޔޯމެޑިކަލް އިންޖިނިއަރިންގާ ގުޅުންހުރި ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައްް:

 

 

 

  1.  ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. ރެޖިސްޓްރޭޝަން ލައިސަންސް ހުށަހަޅާ މަޤާމުތަކަށް މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަނުގެ ކޮޕީ އަދި ލައިސަންސްގެ ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

 ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ފޯމު ބަލައިގަތުމާއި ދޫކުރުން:

 

ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން 12:30 އަށް މި ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި:

2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 12:30ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ ، 3335343 އެވެ. ނުވަތަ 3335234 އެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

11 ރަމަޟާން 1437

18 ޖޫން 2016