ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2016/81
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 30 ޖޫން 2016 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ހދ. މަކުނުދޫގައި ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވާނެ ރިސޯސް ޤުރްއާން މުދައްރިސަކު ހޯދުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ހދ. މަކުނުދޫގައި ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވާނެ ރިސޯސް ޤުރްއާން މުދައްރިސެއް ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 1

މުސާރަ: އެމް. ކިޔު. އޭ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/200 ރުފިޔާ

     އެމް. ކިޔު. އޭ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ

ޝަރުޠު: ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މުއްދަތު:  ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓްކުރެވޭނީ 2 މަސްދުވަހުގެ މުއްދަތަށެވެ.

      2 މަސް ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 22 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރުކަޒަށް ސިޓީފޮނުއްވުން އެދެމެވެ.

11 ރަމަޟާން 1437

16 ޖޫން 2016