ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)32-A/1/2016/33
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި:
20 ޖޫން 2016 14:00
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނެޝަނަލް ލީގަލް އެއިޑް ކޮންފަރެންސްގައި ޤާނޫނީ ވަކީލުން ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލުން
2016 ޖުލައި 20 ވާ ބުދަ ދުވަހު ޕެރެޑައިޒް އައިލެންޑް ރިސޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ނެޝަނަލް ލީގަލް އެއިޑް ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގެންނެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގައި މަސައްކަތް ކުރައްވާ ޤާނޫނީ ވަކީލުން މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައި، މި އޮފީހުން ކުރި ނަންބަރު (IUL)32-A/1/2016/28 (12 ޖޫން 2016) އިޢުލާނުގެ މުއްދަތު 2016 ޖޫން 20 ވާ ހޯމަ ދުވަހުގެ 14:00 އަށް އިތުރުކޮށްފައިވާ ވާހަކަ ދަންނަވަމެވެ.
11 ރަމަޟާން 1437
16 ޖޫން 2016