ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ޕޯސްޓުގެ ފަރާތުން ލ.އިސްދޫކަލައިދޫއަށް ތިރީގައިވާ ޚިދުމަތްތައް ދެއްވާނެ އޭޖެންޓެއް ބޭނުންވެއެވެ.
- ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލް ފަދަ ތަކެތި ރައްދުކުރުން.
- ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތަކަށް އެޚިދުމަތް ދިނުން.
- ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށް ފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައިވާ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުން.
- ޕޯސްޓް ކާގޯގެ ގޮތުގައި ލިބޭ އަދި ފޮނުވާ މުދާ ހަވާލުވެ، ފޮނުވުމާއި، ރައްދުކޮށްދިނުން.
- ސްޓޭމްޕް ވިއްކުން.
- ޕޯސްޓުން ފޯރުވައިދޭ އެހެނިހެން ޚިދުމަތް ފޯރުވައިދިނުން.
އެޖެންޓްކަމަށް ހުށަހަޅުއްވާ ފަރާތުގެ ޝަރުޠުތައް.
ވިޔަފާރި ކުރާ ނުވަތަ ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމުގައިވުން. ނުވަތަ ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ ކައުންސިލް ފަދަ އިދާރާއެއް ކަމުގައިވުން.
ބޭންކް އެކައުންޓެއް އޮންނަ ފަރާތެއް ކަމުގައިވުން.
ރަށު ކައުންސިލްތަކަށް އިސްކަންދެވޭނެއެވެ.
އުޖޫރަ.
މަހަކު -/1000 (އެއްހާސް ރުފިޔާ) އޭޖެންސީ އުޖޫރަ
އަދި މީގެ އިތުރުން ޚިދުމަތުގެ ކޮމިޝަން ލިބޭނެއެވެ.
ހުށަހަޅަންޖޭހޭ ތަކެތި.
- ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގައި ހުށަހެޅުއްވުން.
- ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީއާއި ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ.
- ކްލަބް، ޖަމުޢިއްޔާ އަދި ކުންފުންޏެއްނަމަ: ރަޖިސްޓަރީގެ ކޮޕީ އަދި ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 ޖޫން 2016 ވާ (ހޯމަ) ދުވަހުގެ 13:00 ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުވާއިރު ސިޓީއުރައިގެ ބޭރުގައި "އެޖެންޓްކަމަށް އެދި" މިހެން ޖައްސަވަންވާނެއެވެ. މާލެއިންނަމަ، ސިޓީ ހުށަހަޅުއްވާނީ ޕޯސްޓް ބިލްޑިންގގެ 3 ވަނަ ފްލޯރގެ އެޑްމިން ޑިޕާޓްމަންޓަށެވެ. އަދި އަތޮޅުތެރެއިން ނަމަ، މިކުންފުނީގެ ފެކްސް ނަންބަރު 3321559 އަށް ފެކްސް ކުރެއްވުން އެދެމެވެ.
މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިކުންފުނީގެ ފޯން ނަންބަރު 3009159 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
14 ރަމަޟާން 1437