ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މިކުންފުނީގެ އައި ސެކިއުރިޓީ ކަންތައްތައް ބަލަހައްޓައިދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 22 ވާ ބުދަ ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޖޫން 2016ވާ އަންގާރަ ދުވަހުގެ 14:00 އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ވަޑައިގެން ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
މި އިޢުލާން ޝާއިޢުވުމުން މިކުންފުނިން ކުރި ނަންބަރު: ADMHR-MPL/2016/63 (24 މޭ 2016)ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަތީ އެންމެ ފަރާތަކުންކަމަށްވާތީ އަލުން އިޢުލާންކުރީމެވެ.
14 ރަމަޟާން 1437