ދިވެހިރާއްޖެ
އިޢުލާން
ނެޓްވަރކް އިކްއިޕްމަންޓްސް ހޯދަން
އަންދާސީހިސާބު ބޭނުންވެއްޖެ.
ތިރީގައި މިދަންނަވާ ސްޕެސިފިކޭޝަންގެ ތަކެތި މިސަރވިސްއަށް ގަންނަން ބޭނުންވެއެވެ. ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ހުޅުލޭގައި ހުންނަ މިސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ޓެކްނިކަލް ސްޕެސިފިކޭޝަންސް މަޢުލޫމާތު:
ކެޕިޓަލް އައިޓަމްގެ ޓެކްނިކަލް ސްޕެސިފިކޭޝަންސް |
ބޭނުންވާ އަދަދު |
ކެޕިޓަލް އައިޓަމްގެ ނަން |
# |
Ports: 24 10/100/1000 BASE-TX ports Type: Manageable Switch Switching capacity: Minimum of 30-Gbps Layer 2: Yes VLAN: VLAN Support Management VLAN: Yes Web user interface: Built-in web UI for easy browser-based configuration (HTTP) Port mirroring: Yes Standards: 802.3 10BASE-T Ethernet 802.3u 100BASE-TX Fast Ethernet 802.3ab 1000BASE-T Gigabit Ethernet |
04 |
ނެޓްވާރކް ސްވިޗް (24 ޕޯޓް) |
1 |
Unmanaged Gigabit Ethernet Network Switch x 8ports |
06 |
ނެޓްވާރކް ސްވިޗް (08 ޕޯޓް) |
02 |
Use: Linking MMS main building and Dopler Radar site (Distance between two sites: 1.31 km) Power Method: Passive Power over Ethernet (PoE) (Supported PoE injector to be included ) Mounting: Pole Mount Kit (To be Included) Operating Frequency: 5Ghz Interface : (1) 10/100/1000 Ethernet Data port (1) 10/100 Ethernet Management Port Minimum Throughput: 1+ Gbps Minimum Range: 50+ km Encryption: YES |
02 |
ޕޮއިންޓް ޓު ޕޮއިންޓް ވަޔަރލެސް ބުރިޖް |
03 |
އަންދާސީހިސާބު ހުށައެޅުއްވުގައި ސަމާލުކަންދޭންވީ ކަންތައްތައް:
- މަތީގައިވާ ގޮތަށް 04 މެނޭޖެބަލް ނެޓްވާރކް ސްވިޗް (24 ޕޯޓް)، 06 ނެޓްވާރކް ސްވިޗް (08 ޕޯޓް) އަދި 2 އައުޓްޑޯ ޕޮއިންޓް ޓު ޕޮއިންޓް ވަޔަރލެސް ބުރިޖަށް ހުށަހަޅުއްވަންވާނީ އެއް އަންދާސީހިސާބެވެ.
- އަންދާސީހިސާބު ހުށަހަޅުއްވާ މެނޭޖެބަލް ނެޓްވާރކް ސްވިޗް (24 ޕޯޓް)، ނެޓްވާރކް ސްވިޗް (08 ޕޯޓް އަދި 2 އައުޓްޑޯ ޕޮއިންޓް ޓު ޕޮއިންޓް ބުރިޖަށް ވަޔަރލެސް ބުރިޖް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތް ލިބެން ހުންނަ ތަކެއްޗަށެވެ.
- އަންދާސީހިސާބު ހުށަހަޅުއްވާއިރު މެނޭޖެބަލް ނެޓްވާރކް ސްވިޗް (24 ޕޯޓް)، ނެޓްވާރކް ސްވިޗް (08 ޕޯޓް އަދި 2 އައުޓްޑޯ ޕޮއިންޓް ޓު ޕޮއިންޓް ބުރިޖަށް ވަކި އަގު، އަދި ޖުމްލަ އަގު ހިމަނަންވާނެއެވެ.
- ހުޅުލޭގައި ހުންނަ މިސަރވިސްއަށް މިތަކެތި ފޯރުކޮށްދިނުމަށް ޑެލިވަރީ އެއްވެސް ޗާޖެއް ނަގާނަމަ، އެކަން އަންދާސީހިސާބުގައި އެނގެން އޮންނަންވާނެއެވެ. މިގޮތުން އެއްވެސް އަގެއް ނަގާނަމަ، ޖުމްލަ އަގު ކަމުގައި ބަލާނީ، ޑެލިވަރީ ކުރުމަށް ދާ ޚަރަދު ހިމަނައިގެންނެވެ.
- އަންދާސީހިސާބުގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.
- ޑެލިވަރީ ކޮށްދެވޭނެ މުއްދަތު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
- ނެޓްވާރކް ސްވިޗް (24 ޕޯޓް) އަދި 2 އައުޓްޑޯ ޕޮއިންޓް ޓު ޕޮއިންޓް ބުރިޖަށް މަދުވެގެން 1 އަހަރުދުވަހުގެ ވޮރެންޓީއެއް ދޭންވާނެއެވެ.
- ތައްޔާރުކުރާ އަންދާސީހިސާބަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަންވާނެއެވެ.
- މިކަމަށް ހޮވޭ ފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަންވާނެއެވެ.
- އަންދާސީހިސާބާއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަންވާނެއެވެ.
- ކުންފުނީގެ ޕްރޮފައިލް
- ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފުސީލު
- ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
- ދެވިފައިވާ މަޢުލޫމާތާ ބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް އޮތްނަމަ، އެސިސްޓެންޓް މީޓިއޮރޮލޮޖިކަލް އިންސްޓްރޫމަންޓް ޓެކްނީޝަން މޫސާ ސަޢީދު 9178798 އާ ގުޅުއްވުން އެދެމެވެ.
ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
ތަފުސީލު |
ޕޮއިންޓް |
|
70 |
|
20 |
|
10 |
ހުށަހެޅޭ އަންދާސީހިސާބެއް ބާޠިލު (ޑިސްކޮލިފައި) ކުރެވޭނެ ގޮތްތައް:
- ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
- ހުށަހަޅާ އަންދާސީހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް އަގު ހުށަހެޅިފައި ނެތުން.
- އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
- އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވުން.
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.
11 ރަމަޟާން 1437